ދުނިޔޭގެ ކަނޑުތައް ކަންބޮޑުވާ މިންވަރަށް ހޫނުވަމުން އަންނަ ކަމުގެ އިންޒާރު މޫސުމާ ބެހޭ ބަދަލުތައް ދިރާސާކުރާ ސައިންސްވެރިން ދީފި އެވެ.

ދުނިޔޭގެ މޫސުމާ ބެހޭ ޖަމިއްޔާ (ވޯލްޑް މީޓިއޮރޮލޮޖިކަލް އޯގަނައިޒޭޝަން) އިން ބުނެފައިވަނީ އުތުރު އެޓްލާންޓިކް ކަނޑުގައި "ހީޓް ވޭވް" އުފެދި ވަރުގަދަ ވަމުން އަންނަ ކަމަށެވެ.

އެގޮތުން އަހަރުގެ މިހާ ތަނުގައި އާއްމުކޮށް އެޓްލާންޓިކް ކަނޑުގެ ފިނިހޫނުމިން އުޅެނީ އާއްމުކޮށް 5- ޑިގްރީ ސެލްސިއަސް އަށްވުރެ ދަށުގައި ކަމަށާއި އެހެން ނަމަވެސް މިއަހަރު އެ އަދަދު އުޅެނީ 2- ޑިގްރީ ސެލްސިއަސްގައި ކަމަށް ސައިންސްވެރިން ބުނެފައިވެ އެވެ.

އެޓްލާންޓިކް ކަނޑުގެ އިތުރުން ވެސް މެޑިޓެރޭނިއަން ކަނޑާއި ބެލްޓިކް ސީގައި ވެސް ފިނިހޫނުމިން މަތިވަމުންދާ ކަން ފާހަގަ ކުރެވިފައިވާ ކަމަށް އެ ފަރާތްތަކުން ބުނެ އެވެ.

ކަނޑުގެ ލޮނުގަނޑު ހޫނުވުމަކީ ކަނޑުގެ ދިރުންތަކަށް އެކަމުގެ ނޭދެވޭ އަސަރު ކުރާނެ ކަމަކަށްވާއިރު މިކަމުގެ ސަބަބުން ކަނޑުގެ ބައެއް ދިރުންތައް ނެތިގެން ހިނގައިދާނެ ކަމުގެ ބިރު ވެސް ސައިންސްވެރިން ވަނީ ފާޅުކޮށްފަ އެވެ.

މޫސުމަށް އަންނަ ބަދަލުތަކުގެ ވާހަކަ އާއްމުކޮށް ދެކެވޭ މި ދުވަސްވަރު ކަނޑުގެ ދިރުންތަކާއި އެތަކެތީގެ މާހައުލު ރައްކާތެރި ކުަރަން ޖެހިފައިވާ ކަމަށް މާހިރުން ބުނެ އެވެ.