ދަރިފުޅަށްކީ ނަމަކާ ގުޅިގެން އަލަތު ބައްޕައަކު އޭނާގެ ދަރިފުޅުގެ އުފަން ދުވަހުގެ ސެޓްފިކެޓްގައި ސޮއި ކުރުމަށް ދެކޮޅު ހަދައިފި އެވެ.

މި ފިރިހެން މީހާ އާއި އޭނާގެ ބައިވެރިޔާ ބައްދަލުވެފައިވަނީ އޭނާ އަށް އަހަރު ވީ ލޯބީގެ ގުޅުމަކުން ވަކިވެ، ކުޑަ ދުވަސްކޮޅެއްވި ތަނާ އެވެ. އެކަމަކު އެ ގުޅުމުގެ މަތިން އަންހެން މީހާ ހަނދާން ނުނެތޭ ކަމަށް ފިރިހެން މީހާ އަށް އަބަދު ވެސް ހީވެ އެވެ.

ފިރިހެންމީހާ ބުނި ގޮތުގައި އަންހެންމީހާ އަށް "މޫވް އޮން" ކުރެވުނު ކަމަށް އޭނާ އަށް ހީކުރެވުނު ކަމަށެވެ. އެގޮތުން ކުރީގެ ލޯބިވެރިޔާ އެ ސިޓީއަށް އައުމުން ދެ މީހުން ބައްދަލު ވެސް ކުރުވި އެވެ.

ހަތަރު އަހަރު ވަންދެން ގުޅިގެން އުޅުމަށް ފަހު މި ދެ މީހުންނަށް މި ވަނީ ދާދި ފަހުން ކުއްޖަކު ލިބިފަ އެވެ. އެ ކުއްޖާ އަށް ކިޔާނެ ނަމަކާމެދު ވިސްނައި އެތައް ދެބަސްވުމަކަށް ފަހު، އެންމެ ފަހުން ދެ މީހުން ރުހޭ ނަމެއް ކިޔުމަށް އެއްބަސްވި އެވެ.

ނަމަވެސް ދަރިފުޅު ގޮވައިގެން މަންމަ ހޮސްޕިޓަލުން ގެއަށް ބަދަލުވުމަށް ފަހު ކުއްޖާގެ އުފަން ދުވަހުގެ ސެޓްފިކެޓްގައި ސޮއި ކުރަން ދިއުމުން ބައްޕައަށް ލިބުނީ ޝޮކެކެވެ. ދަރިފުޅަށް ކިޔާފައި އޮތީ ދެ މީހުން އެއްބަސްވި ނަމެއް ނޫނެވެ.

އަންހެން މީހާ އޭނާގެ ދަރިފުޅަށް ދީފައިވާ ނަމަކީ އޭނާގެ ކުރީގެ ލޯބިވެރިޔާގެ ނަމެވެ.

މިކަމާ ގުޅިގެން ވާހަކަ ދައްކަން އުޅުމުން، އަންހެން މީހާ ބުނަމުން ދަނީ އެއީ ކުއްލިއަކަށް ބޮލަށް އައި ނަން ކަމަށާއި މާ ވަރުބަލިވުމުން އިތުރަށް އެވާހަކަ ދައްކަން ބޭނުންނުވާ ކަމަށެވެ.

މިކަމާ ގުޅިގެން ފިރިހެންމީހާ ވަނީ ކުރިން އެއްބަސްވި ނަން ދަރިފުޅަށް ނުކިޔާ ނަމަ ކައިވެނީގެ ސެޓްފިކެޓްގައި ސޮއި ނުކުރާނެ ކަމަށް ބުނެފަ އެވެ.

އަންހެން މީހާ ބުނަމުން ދަނީ މިހާރު ކިޔާފަ އޮތް ނަމަށް އެއްބަސްވެ އުފަންދުވަހުގެ ސެޓްފިކެޓްގައި ސޮއި ނުކުރަނީސް ވާހަކަ ވެސް ނުދައްކާނެ ކަމަށެވެ.

އެ ފިރިހެންމީހާ ހުރީ މިކަމާ ހަދާނެ ގޮތް ހުސްވެފަ އެވެ. އޭނާ ވަނީ މި މައްސަލަ ހައްލުކުރުމަށް "ރެޑިޓް" ކިޔާ ޕްލެޓްފޯމެއްގައި ކިޔުންތެރިންގެ އެހީއަށްވެސް އެދިފަ އެވެ.