ރާއްޖޭގެ އިގްތިސޯދު ޑޮލަރަށް ބަރޯސާވެފަ އޮތް އޮތުން ނައްތާލުމަށް އެމްޑީޕީގެ "އިގްތިސޯދީ ބޮޑު ބަދަލު" މެނިފެސްޓޯގައި ހިމަނައިފި އެވެ.

އެމްޑީޕީގެ "އިގްތިސޯދީ ބޮޑު ބަދަލު" ސިޔާސަތު އިފްތިތާހުކޮށްފައި ވަނީ މިރޭ ސޯޝަލް ސެންޓަރުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

އިގްތިސޯދީ ބޮޑު ބަދަލު ބަހާލާފައިވަނީ 4 ބަޔަކަށެވެ.

1. ބާރުވެރި އިގުތިސާދު

2. އިގުތިސާދީ ހަރަކާތްތަކުގައި އެންމެ ބައިވެރިވުން

3. އެކާވީސްވަނަ ގަރުނަށް މާލީ ދާއިރާ

4. ވިލުންތެރި އިގުތިސާދު

ބޭރު ފައިސާ ހޯދުމަށް އޮތް ތަކުލީފުތަކަށް ލުޔެއް ހޯދުމަށް ޓުއަރިޒަމް ދާއިރާއިން ރާއްޖެއަށް ވަންނަ ބޭރު ފައިސާ ރާއްޖެއިން ބޭރަށްދާ މިންވަރު މަދުކުރުމަށް ހިމަނާފައިވެ އެވެ. އެގޮތުން ދައުލަތުން ދޭ ސަބްސިޑީތައް އެފިޝަންޓްކޮށް، ހައްގުވެރި ފަރާތްތަކަށް ދެވޭ އެހީއެއްކަން ކަށަވަރުކުރެވޭގޮތަށް ސަބްސިޑީގެ ނިޒާމު ބަދަލުކުރުމަށް ހިމަނާފައިވެ އެވެ.

އެމްޑީޕީގެ "އިގްތިސޯދީ ބޮޑު ބަދަލު" ސިޔާސަތު އިފްތިތާހް ކުރުމަށް މިރޭ ބޭއްވި ޖަލްސާގެ ތެރެއިން

އަދި ދުނިޔޭގެ މާކެޓްތަކަށް އަންނަ ޝޮކްތަކުގެ ސަބަބުން ދިމާވާ އިގުތިސާދީ ހީނަރުކަމުން ސަލާމާތްވާން މާލީ އަދި އިގުތިސާދީ ސިޔާސަތުތަކަށް ބަދަލުގެނެސް ސޭފްޓީ ނެޓެއް ގާއިމުކުރުން

ޑޮލަރަށް ބަރޯސާވެފަ އޮތް އޮތުން ކުޑަކޮށް، ވިޔަފާރިގެ ގޮތުން ގުޅިފައިވާ ގައުމުތަކާ އެކީ ކުރާ ވިޔަފާރިގެ މުއާމަލާތްތައް އެ ގައުމެއްގެ ފައިސާ އިން ކުރާ ގޮތަށް ހަމަޖައްސަން ހިމަނާފައިވެ އެވެ.އަދި ބަޖެޓް ޑެފިސިޓް ކުޑަކޮށް ދައުރު ނިމެންވާއިރަށް ޖީޑީޕީގެ ނިސްބަތުން ދަރަނީގެ މިންވަރު 80 ޕަސެންޓަށް ކުޑަ ކުރުމަށްވެސް ހިމަނާފައިވެ އެވެ.