ރިޔާސީ އިންތިހާބުގައި ވޯޓު ކަރުދާހުގައި ފާހަގަ ޖެހޭނީ ކަޅު ނުވަތަ ނޫ ކުލައިގެ ގަލަމަކުން ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

އިލެކްޝަން ކޮމިޝަނުގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވީ ރިޔާސީ އިންތިހާބުގެ ވޯޓު ކަރުދާހުގައި ފާހަގަ ޖެހޭނީ ކަޅު ނޫނީ ނޫ ކުލައިގެ ގަލަމަކުން ކަމަށެވެ. އަދި އެ ނޫން ކުލައެއްގެ ގަލަމެއް ބޭނުން ކޮށްފި ނަމަ ވޯޓު ބާތިލް ވާނެ ކަމަށް ހަބީބު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ވޯޓު ލުމަށް ވޯޓުން ބުރަށް އެއްވެސް މީހަކަށް ގަލަން ނުވެއްދޭނެ ކަމަށެވެ. އެގޮތަށް ނިންމީ ވޯޓުގެ ސައްހަ ކަން ކަށަވަރު ކުރުމަށް ކަމަށްވެސް ވިދާޅުވި އެވެ. އަދި ވަކި ގޮތަކަށް ވަކި ކުލައެއްގެ ގަލަމަކުން ފާހަގަ ޖެހުމަށް ރާވަމުން ދާ ކަމަށް ސިޔާސީ ޕާޓީ ތަކުން ކަންބޮޑުވުންފާޅު ކޮށްފައިވާ ކަމަށް ހަބީބު ވިދާޅުވި އެވެ.

"ވޯޓުލާ ދުވަހު ބޭނުންކުރެވޭނީ ކަޅު ނުވަތަ ނޫ ކުލައިގެ އާދައިގެ ގަލަމެއް. އެ ނޫން އެހެން އެއްވެސް ކުލައެއްގެ ގަލަމަކުން ވޯޓު ކަރުދާހުގައި ފާހަގަޖަހާފައިވާ ނަމަ އެ ވޯޓެއް ބާތިލް ވާނެ،" ހަބީބު ވިދާޅުވި އެވެ.

ހަބީބު އިތުރަށް ވިދާޅުވީ އަމިއްލަ ގަލަމެއް ހިފައިގެން އަން މީހުންގެ ގަލަމް ކޮމިޝަނުން ޗެކު ކުރާނެ ކަމަށެވެ.