އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދުކުރަން ނިންމައި، ސޯޝަލް މީޑިއާ އިންފްލުއެންސާ ފާތިމަތު ޒަޔާން (ކައިޒީން) އެމްޑީޕީއާ ގުޅިއްޖެ އެވެ.
ފޭސްބުކާއި އިންސްޓަގްރާމްގައި ދިވެހިންގެ މެދުގައި ބޮޑު މަގުބޫލްކަމެއް ހޯދާފައިވާ ކައިޒީން، އެމްޑީޕީއަށް ސޮއިކޮށް، އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓާ ފޯމު ހަވާލުކުރީ މީގެ ތިން ދުވަސް ކުރިންނެވެ.
މިއީ، ކައިޒީން ގުޅުނު ފުރަތަމަ ސިޔާސީ ޕާޓީ ކަމަށްވެ އެވެ.
ރިޔާސީ އިންތިހާބަށް ތިން ދުވަސްވެފައިވާއިރު، ތަފާތު އެކި ފަންނުގެ މީހުން އަންނަނީ ރައީސް ސޯލިހަށް ތާއީދުކުރަމުންނެވެ.
ކައިޒީންގެ އިތުރުން ބައެއް ފިލްމީތަރިން ވެސް ގެންދަނީ ރައީސް ސޯލިހް އަށާއި އަދި އެހެން ކެންޑިޑޭޓުންނަށް ވެސް ތާއިދުކޮށް، ސިޔާސީ ހަރަކާތްތަކުގައި މިދުވަސްވަރު ބައިވެރިވަމުންނެވެ.

"ލާމަރުކަޒީ ނިޒާމު ހަގީގީ މާނާގައި ތަންފީޒުކުރަނީ މި ސަރުކާރުން"
ރޯދަ ހިފަންތޯ އެހުމުން ކަރީނާ ބުނީ ކީކޭ؟
އުޑުމަތި ފުސްވެ، ނޭވާ ހާސްވުމުގެ މައްސަލައަށް ހައްލެއް ބޭނުން