މާދަމާ އޮންނަ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ހަރަކާތްތައް ނިންމާލުމަށް ހުރިހާ ކެންޑިޑޭޓުން ވެސް ގެންދަނީ ވެރިރަށް މާލޭގައި އެކި ހަރަކާތްތައް ހިންގަމުންނެވެ.

ރިޔާސީ އިންތިހާބުގައި އެންމެ ވާދަވެރިވާނީ ވެރިކަން ކުރާ އެމްޑީޕީއާއި އިދިކޮޅު ޕީއެންސީ އެވެ.

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ޞާލިހު ކެމްޕެއިނަށް ރަށްރަށަށް ކުރެއްވި ދަތުރުތައް ނިންމާލެއްވުމަށް ފަހު މިއަދު ހަވީރު ވަނީ މާލެ ވަދައިގެންފަ އެވެ.

އެމްޑީޕީގެ ކެމްޕެއިން ނިންމުމަށް އުސްފަސްގަނޑުގައި ބެއްވި ހަރަކާތުގެ ތެރެއިން، ފޮޓޯ: އެމްޑީޕީ

އެމްޑީޕީ އިން ކެމްޕެއިން ނިންމާލުމަށް މާލެ އުސްފަސްގަނޑުގައި ބޮޑު ހަރަކާތެއް ވަނީ ބާއްވައިފަ އެވެ. ރައީސް ސޯލިހު ވެސް ކ. އަތޮޅަށް ކުރެއްވި ދަތުރުފުޅަށް ފަހު ކެމްޕޭން ނިންމާލީ އުސްފަސްގަނޑުގައި ބޭއްވި ހަރަކާތުގަ އެވެ.

އެމްޑީޕީގެ ކެމްޕެއިން ނިންމުމަސް އުސްފަސްގަނޑުގައި ބެއްވި ހަރަކާތުގެ ތެރެއިން، ފޮޓޯ: އެމްޑީޕީ

ރައީސް ސޯލިހުގެ ކެމްޕެއިން ނިންމުމަށް ބޭއްވި ހަރާކަތުގައި ގިނަ ބަޔަކު ބައިވެރިވެފައިވެ އެވެ.

ރިޔާސީ އިންތިހާބުގައި ބައިވެރިވާ ހުރިހާ ކެންޑިޑޭޓުން ވެސް ވަނީ ކެމްޕެއިން ނިންމުމަށް ގިނަ ހަރަކާތްތަކެއް ރަވާފަ އެވެ.

އިދިކޮޅު ޕީޕީއެމް-ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕޭން ނިންމުމުގެ ހަރަކާތް ފެށީ އާޓިފިޝަލް ބީޗުންނެވެ. ޑރ. މުއިއްޒުގެ ކެމްޕެއިން ނިންމާލީ މާލޭގެ ބޮޑެތި މަގުތަކުގައި ބޭއްވި ހިނގާލުމަކުންނެވެ.

ޑރ. މުއިއްޒުގެ ކެމްޕެއިން ނިންމުމަށް އާޓްފިޝަލްބީޗުގައި ބޭއްވި ހަރަކާތުގެ ތެރެއިން، ފޮޓޯ: ޕީޕީއެމް

މުއިއްޒުގެ ހިނގާލުމުގައި މުއިއްޒުގެ އަނބިކަނބަލުންނާއި ޕީޕީއެމް، ޕީއެންސީގެ އިސްވެރިން ވެސް ބައިވެރިވި އެވެ.

ޑރ. މުއިއްޒުގެ ކެމްޕެއިން ނިންމުމަށް އާޓްފިޝަލްބީޗުގައި ބޭއްވި ހަރަކާތުގެ ތެރެއިން، ފޮޓޯ: ޕީޕީއެމް

ޖޭޕީގެ ކެންޑިޑޭޓުގެ ގާސިމް އިބްރާހިމްގެ ކެމްޕޭން ނިންމާލަން ބާއްވާ ހިނގާލުން ފަށާފައި ވަނީ އާޓިފިޝަލް ބީޗު ސަރަހައްދުންނެވެ.

ގާސިމް ކެމްޕެއިން ހަރަކާތް ނންމުމަށް ބޭއްވި ހިނގާލުން ނިންމާލީ ޖޭޕީގެ އޮފީސް މ. ކުނޫޒަށެވެ.

ގާސިމްގެ ކެމްޕެއިން ނިންމާލުމަށް ބޭއްވި ހަރަކާތުގައި ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވި އެވެ.

ގާސިމްގެ ކެމްޕެއިން ނިންމުމަށް ބޭއްވި ހަރަކާތުގެ ތެރެއިން، ފޮޓޯ: ޖޭޕީ

ރިޔާސީ އިންތިހާބުގައި ގިނަ ވައުދުތަކެއް ވެވަޑައިގެން ގާސިމް ވެސް ވަނީ ރާއްޖޭގެ ގިނަ ރަށްތަކަކަށް ދަތުރުކުރައްވާ ރައްޔިތުންނާ ބައްދަލު ކުރައްވާފަ އެވެ.

ގާސިމްގެ ކެމްޕެއިން ނިންމުމަށް ބޭއްވި ހަރަކާތުގެ ތެރެއިން، ފޮޓޯ: ޖޭޕީ

ޑިމޮކްރެޓްސްގެ އިލްޔާސް ލަބީބުގެ ކެމްޕޭން ނިންމުމުގެ ހަރަކާތް ފަށާފައި ވަނީ ރަސްފަންނު ސަރަހައްދުންނެވެ.

އިލްޔާސްގެ ކެމްޕެއިން ނިންމުމަށް ބޭއްވި ހަރަކާތުގެ ތެރެއިން، ފޮޓޯ: ޑިމޮކްރެޓްސް

އިލްޔާސްގެ ކެމްޕެއިން ނިންމާލާފައިވަނީ ރަސްފަނުގައި ބޭއްވި ހާއްސަ ދުއާއަކުންނެވެ.

އިލްޔާސްގެ ކެމްޕެއިން ނިންމުމަށް ބޭއްވި ހަރަކާތުގެ ތެރެއިން، ފޮޓޯ: ޑިމޮކްރެޓްސް

އަމިއްލަ ގޮތުން ވާދަ ކުރައްވާ ފާރިސް މައުމޫނުގެ ކެމްޕެއިން ނިންމާލުމަސްވެސް މާލޭގައި ވަނީ ޕިކަޕްބުރެއް ބާއްވާފަ އެވެ.

ފާރިސްގެ ކެމްޕެއިން ނިންމުމަށް ބޭއްވި ހަރަކާތުގެ ތެރެއިން، ފޮޓޯ: ކެމްޕެއިން ޓީމް