މިއަދު ކުރިއަށް ދިޔަ ރިޔާސީ އިންތިޚާބުގެ ބައެއް ވޯޓު ފޮށިތައް ބަންދުކުރުމާ އެކު ވޯޓު ގުނާ ނަތީޖާތައް އިއުލާން ކުރަން ފަށައިފި އެވެ.
މިއަދު 5 ޖެހުމާ ހަމައަށް 21 ފޮށި ގުނިއިރު ރައީަސް އިބްރާހިމް މުހައްމަދު ސޯލިހަށް 416 އަދި ޕީއެންސީގެ ކެންޑިޑޭޓް މުހައްމަދު މުއިއްޒަށް 410 ވޯޓު އިލްޔާސް ލަބީބަށް 71 ވޯޓު ވަނީ ލިބިވަޑައިގެންފަ އެވެ.
ހަވީރު 4 ޖަހާއިރު ވޯޓުލުމަށް ކިއޫގައި މީހަކު ނެތްނަމަ، ކިޔޫ ބަންދުކުރުމަށްފަހު 30 މިނެޓް ފަހުން ވޯޓު ގުނަން ފަށާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކުރެ އެވެ.
މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ޖުމްލަ 282،395 މީހަކަށް ވޯޓުލުމުގެ ހައްޤު ލިބިފައިވެ އެވެ.
މި އިންތިޚާބުގައި ރާއްޖެ އާއި ރާއްޖޭން ބޭރުގައި ވޯޓުލުމަށްޓަކާ ޖުމްލަ 574 ފޮށްޓެއް ވަނީ ބަހައްޓައިފަ އެވެ.
ވޯޓުލުމުގެ ކަންކަން ޖުމްލަ ގޮތެއްގައި ދަނީ އޮމާންކޮށެވެ. ނަމަވެސް ވޯޓާ ގުޅުން ހުރި އެކި ކަންކަމުގައި ހަ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެ އެވެ.
ފޯޅަވަހި ސަރަހައްދަށް ބިންހެލުމެއް، ރާއްޖެއަށް ނުރައްކަލެއް ނެތް
މޯނާއަކީ "ޖެން އަލްފާ"އަށް ވަރަށް ކަމުދާނެ ފިލްމެއް: ދަ ރޮކް
ހަށިގަނޑު އަވަހަށް ވަރުބަލި ކޮށްލާ ސިއްހީ 5 މައްސަލައެއް!