ޓްރީޓޮޕް ހޮސްޕިޓަލުން ތުއްތު ކުދިންގެ ސިއްހީ ތަރުބިއްޔަތާ ބޭހޭ ޕްރޮގްރާމެއް ނުވަތަ ނާޗާ ޕްރޮގްރާމެއް ކުރިއަށް ގެންދަން ނިންމައި، އެ ޕްރޮގްރާމްގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރަން ހުޅުވާލައިފި އެވެ.
އެ ހޮސްޕިޓަލުން އެ ޕްރޮގްރާމް ކުރިޔަށް ގެންދަން ނިންމާފައި ވަނީ މިމަހުގެ 23 ވަނަ ދުވަހުގެ ހެނދުނު 11 އިން މެންދުރު 1 އަށެވެ. މި ނާޗާ ޕްރޮގްރާމްގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކަށް ރަޖިސްޓްރީ ކުރުމަށް މިހާރު ވަނީ ހުޅުވާލައިފަ އެވެ.
ޓްރީޓޮޕް ހޮސްޕިޓަލުން ބުނީ މި ނާޗާ ޕްރޮގްރާމް ނުވަތަ ތުއްތު ކުދިންގެ ސިއްހީ ތަރުބިއްޔަތު ކުރުމާ ބެހޭ ޕްރޮގްރާމްގެ މަގުސަދަކީ ގާތުން ކިރުދިނުމާއި، ވިހެއުމާއި، އަލަށް އުފަންވާ ކުދިންނާއި މައިންނަށް ހަމުގެ ފަރުވާއާއި، ވިހެއުމުގެ ކުރިން ކަސްރަތުކުރުމާއި، ރިހުން މެނޭޖްކުރުމާ ބެހޭ މަޢުލޫމާތު ފުރިހަމަ ސެޝަންތަކެށް ފޯރުކޮށްދިނުމަށް ކަމަށެވެ. އަދި މި ސެޝަންތައް ނަގައިދޭނީ ޓްރީޓޮޕް ހޮސްޕިޓަލްގެ އޮބްސްޓެޓްރިކްސް އެންޑް ގައިނެކޮލޮޖީ، ނިއޯނެޓޮލޮޖީ، ޑާމަޓޮލޮޖީ، ފިޒިއޮތެރަޕީ، އަދި ނާސިންގެ މެޑިކަލް އެކްސްޕާޓުން ކަމަށް އެ ހޮސްޕިޓަލުން ބުނެ އެވެ.
ޓްރީޓޮޕް ހޮސްޕިޓަލުން ބުނީ ކޮންމެ މަހަކަށް ލިމިޓެޑް އަދަދަކަށް 30 ގޮނޑި ކަނޑައަޅާފައިވީ ނަމަވެސް އެ މަހަށް ލިމިޓެޑް ގޮނޑިތައް ފުރިހަމައަށް ބުކްކޮށްފިނަމަ ރަޖިސްޓްރީކޮށްފައިވާ މެހެމާނުންނާ ޓްރީޓޮޕް ހޮސްޕިޓަލުގެ ޓީމުން ގުޅައިގެން ކުރިއަށް އޮތް މަހަށް ސްލޮޓެއް ހަމަޖައްސައިދިނަސް އެންމެ ރަނގަޅުތޯ ބަލާނެ ކަމަށެވެ.
މި ނާޗާ ޕްރޮގްރާމްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ޓްރީ ޓޮޕް ހޮސްޕިޓަލްސް 24/7 ކޮންޓެކްޓް ސެންޓަރ 3351610 އަށް ގުޅައިގެން، ނުވަތަ https://bit.ly/TTHNutureRegistrationForm މި ލިންކް ބޭނުންކޮށްގެން ރަޖިސްޓްރީ ކުރެވޭނެ އެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލަކީ ރާއްޖޭގެ ގިނަ ބައެއްގެ އިތުބާރު ހޯދައިފައިވާ، ޒަމާނީ ފެންވަރަށް ސިއްހީ ހިދުމަތް ފޯރުކޮށްދެމުން އަންނަ އެއް ހޮސްޕިޓަލެވެ. އެގޮތުން މިހާރުވެސް އެ ހޮސްޕިޓަލުން އަންނަނީ އެންމެ ފަހުގެ ވަސީލަތްތަކާއެކު އާ ހިދުމަތްތައް ތައާރަފުކުރަމުންނެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3351610 ގުޅުއްވާ ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.