މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބާ ގުޅިގެން ގުޅިގެން ހިޔާނާތުގެ 29 މައްސަލައެއް ހުށަހަޅާފައިވާ ކަމަށް ކަމަށް އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީން) ބުނެފި އެވެ.

އެ ކޮމިޝަނަށް ހުށަހަޅަފައިވާ ހިޔާނަތުގެ ހަތް މައްސަލައެއް ބަލަމުން އަންނަ ކަމަށް ވެސް ބުނެފައިވެ އެވެ. އަދި އެ ހަތް މައްސަލައިގެ ތަހުގީގު މިހާރު ފަށާފައިވާ ކަމަށް ވެސް އޭސީސީން ބުނެފައިވެ އެވެ.

އޭގެ ތެރޭގައި ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުން ކުރުމާއި ރިޝްވަތާ ގުޅުން ހުރި މައްސަލަތައް ހިމެނޭ ކަމަށް އޭސީސީން ބުނެ އެވެ. އަދި، ހުޅުމާލެއިން ގޯތި ދޫކުރި ގޮތާއި، ގުރުއަތުލުން ކުރިއަށްގެންދިޔަ ގޮތާގުޅޭ މައްސަލައެއް ވެސް އޭގެ ތެރޭގައި ހިމެނޭ ކަމަށް އޭސީސީން ބުނެ އެވެ.

ރިޔާސީ އިންތިހާބަށް އެކިއެކި ކެންޑިޑޭޓުން ކުރި ހަރަދުތަކާއި ދައުލަތުގެ ވަސީލަތްތައް ބޭނުންކޮށްގެން ކެންޑިޑޭޓުން ކެމްޕެއިން ކުރި އިރު އެކަންކަން އިލެކްޝަންސް ކޮމިޝަނަށް ބެލިފައިނުވާ ކަމަށް އިންތިހާބު އޮބްޒާވްކުރުމަށް ރާއްޖޭގައި ތިބި ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ އޮބްޒާވަރުން ވެސް ވަނީ ބުނެފަ އެވެ.

ކެމްޕެއިން ތެރޭގައި ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ޞޯލިހު ދައުލަތުގެ މުދަލާއި ވަސީލަތްތައް ބޭނުން ކުރާކަމަށް ތުހުމަތު ކުރި އެވެ.