ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި 47 ހާހަށްވުރެ ގިނަ މީހުން ރީ-ރަޖިސްޓަރީ ކުރަން ހުށަހަޅާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވީ ދެވަނަ ބުރުގައި 47 ހާހަށްވުރެ ގިނަ މީހުން ރީ-ރަޖިސްޓަރީ ކުރަން ހުށަހަޅާފައިވާ ކަމަށެވެ. މީގެ ތެރެއިން، 19،000 އަށް ވުރެ ގިނަ ފޯމު ވަނީ އިއްޔެގެ ނިޔަލަށް، ރަޖިސްޓަރީ ކޮށްދީފައި ކަމަށް ވެސް ހަބީބު ވިދާޅުވި އެވެ.
ހަބީބު ވިދާޅުވީ 27،000 އަށް ވުރެ ގިނަ ފޯމުގެ ސައްހަކަން ކަށަވަރު ކުރުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަނުން ކުރަމުން އަންނަ ކަމަށެވެ. އަދި ސައްހަކަން ކަށަވަރުވިހާ އަވަހަކަށް ރީ- ރަޖިސްޓަރީ ކުރި އެންމެންގެ ލިސްޓް އިލެކްޝަންސް ކޮމިޝަނުން ޝަކުވާއަށް ހުޅުވާލާނެ ކަމަށާއި އަދި އެ ލިސްޓު ސަރުކާރުގެ ގެޒެޓްގައި ޝާއިއުކޮށް، އިލެކްޝަންސް ކޮމިޝަންގެ ވެބްސައިޓުގައި އާންމުކުރުމުގެ އިތުރުން، ކެންޑިޑޭޓުންނާއި، ކެންޑިޑޭޓުން ނިސްބަތްވާ ޕާޓީތަކާ ހިއްސާކުރާނެ ކަމަށް ވެސް ހަބީބް ވިދާޅުވި އެވެ.
ހަބީބު އިތުރަށް ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި 42،867 މީހުން ރީ- ރަޖިސްޓްރީކުރަން ހުށަހަޅާފައިވާ ކަމަށެވެ. މީގެ ތެރޭގައި ހިމެނެނެނީ އޮންލައިންކޮށް ހުށަހެޅި 22،882 ފޯމާއި، ފޯމް މެދުވެރިކޮށް ހުށަހެޅި 19،985 ފޯމެވެ. ފުރަތަމަ ބުރުގައި ރީ- ރަޖިސްޓްރީ ކުރުމަށް އެއްމަސް ދުވަހަށް ވުރެ ދިގު މުއްދަތެއް ދިނެވެ.
މިމަހުގެ 30 ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލާ ތަން ބަދަލުކުރުމަށް ގިނަ އަދަދެއް ފަރާތްތަކުން ހުށަހަޅާފައިވާތީ އެކަމާމެދު އިދިކޮޅު ޕީޕީއެމް/ޕީއެންސީން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި ބައެއް ފަރާތްތަކުން އެ މީހުންނަށް ނޭނގި ރީ-ރަޖިސްޓްރީކޮށްފައިވާ ކަމުގެ ޝަކުވާ ވެސް އަންނަނީ ކުރަމުންނެވެ.
އެންމެ 3 ދުވަސް ތެރޭގައި 47 ހާސް މީހުން އޭގެ %95 އެމްޑީޕީން ހުށައެޅުމުން އެއީ ވަރަށް ބޮޑު މައްސަލަ އެއް ކަމަށޭ މަމެން މިދެކެނީ އެންމެ ގިނަ ވޯޓް ލިބުނީ އިދިކޮޅު ޕީޕީއެމް އަށް ޕީޕީއެމް އިން ރިރަޖިސްޓްރޭޝަނަށް ހުށައެޅި ފޯރމް ތަކުގެ އަދަދު 1 ހާހަށް ނާރާއިރު ދެން އެމްޑީޕީން ހުށައެޅި ފޯރމް ތައް އެހާ ބޮޑަށް އިތުރު ވުން އެއީ މައްސަލަ އެކޭ މިކަން ހުއްޖަތަކަށް ހަދަން މިމަހު 28 ވަނަ ދުވަހާއި އަދި އަންނަ މަހު 1 އަދި 2 ސަރުކާރު ބަންދުކުރާގޮތަށް އޮތީ