ކުޑަގިރީގައި ވޯޓާ ސްލައިޑަކުން ވެއްޓި އަނިޔާވި ޒުވާނާ މިއަދު މަރު ވެއްޖެ އެވެ.
ކުޑަގިރީގައި މޫދަށް އެރި އުޅެނިކޮށް ވޯޓާ ސްލައިޑުން ވެއްޓި ހާލު ސީރިއަށްވެގެން އޭނާއަށް ފަރުވާ ދިނުމަށް ވަނީ މާލެ ގެނެސްފަ އެވެ.
އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް މިއަދު މަރުވީ، އުމުރުން 34 އަހަރުގެ އުމަރު އަބްދުލްހަންނާނެވެ.
އުމަރުގެ ރަހުމަތްތެރިއަކު ބުނީ އުމަރު ވޯޓާ ސްލައިޑަށް އެރީ ބޯކޮޅުވަތައް ކަމަށެވެ. އަދި މޫދުގައި ގޮސް ޖެހުނީ ވަރަށް ތިލަ ހިސަބެއް ކަމަށާ ޖެހުނު ގޮތަށް އޭނާގެ ކަނދުރާ ބިންދައިގެން ދިޔަ ކަމަށެވެ.
އޭނާގެ ކަށުނަމަދު އޮތީ މިރޭ އިޝާ ނަމާދަށް ފަހު އެވެ.
އަބްދޯ ފޫހިކަމެއް ނެތި ކުރެހުމުގައި!
ޕީއެންސީއަށް 3 ގޮނޑި، 2 ގޮނޑި އެމްޑީޕީ އާއި އަމިއްލަ ކެންޑިޑޭޓް
މަގުބޫލު ޖޯޑު ސްރިތީ އާއި ޝައްބީރު އަލުން އެކުގައި!
