މިފްކޯއާއި ހޮރައިޒަން ފިޝަރީޒުން މަސްވެރިންނަށް ވިއްކާ ޑީސަލްގެ އަގު ބޮޑުކޮށްފި އެވެ.
ސަރުކާރުގެ މަސް ކުންފުނިން މިފްކޯ އާއި ވިޔަފާރިވެރިޔާ ގާސިމް އިބްރާހިމްގެ ހޮރައިޒަން އިން މަސްވެރިންނަށް ޑީސަލް ލީޓަރެއް އިއްޔެ ފެށިގެން ވިއްކަނީ ލިޓަރެއް 8.50ރ. އަށެވެ.
މަސްވެރިންނަށް ވިއްކާ ޑީސަލްގެ އަގު މިފްކޯއިން އެންމެ ފަހުން ބޮޑުކޮށްފައިވަނީ މިދިޔަ ނޮވެމްބަރު 22، ގަ އެވެ. އެއީ ޑީސަލް ލީޓަރެއް 7.17ރ. އަށެވެ. މިފްކޯއިން ތެލުގެ އަގަށް ގެނައި ބަދަލާއެކު ލީޓަރަކުން ވަނީ 1.33ރ. ބޮޑުވެފަ އެވެ.
ހޮރައިޒަންއިން ވެސް މަސްވެރިންނަށް ވިއްކާ ޑީސަލްގެ އަގު އެންމެ ފަހުން ބޮޑުކުރީ މީގެ ފަސް ދުވަސް ކުރިންނެވެ. އެއީ ލީޓަރެއް 7.75ރ. އަށެވެ.
މަސްވެރިން ލަފާކުރާ ގޮތުގައި ބޮޑެތި ދޯނިތަކަށް ދުވާލަކު 1،200 ލީޓަރު އަޅަންޖެހެ އެވެ. 1،200 ލީޓަރު ތެލުގެ އަގު ލިބެނީ 637 ކިލޯ މަސް ވިއްކައިގެންނެވެ.
މާ އަވަހަށް ބަރުދަން ލުއިވުމުގެ ނުރައްކާ ވަރަށް ބޮޑު!
ރަންވީރުގެ ކުރިން ބޮލީވުޑްގެ ބޮޑެތި ފިލްމުތަކުން ވަކިވި ތަރިން!
"އެފް 1" ސީކުއަލްއަށް އިތުރު އިންތިޒާރެއް ކުރަން ޖެހިދާނެ!
؟މިމަހު ތިނެވަނަފަހަރު