ހޮލީވުޑްގެ ބަތަލާ އެމާ ވަޓްސަން ކްރިއޭޓިވް ރައިޓިން ދާއިރާއިން މާސްޓާސް ޑިގްރީއަށް ކިޔަވަން ފަށައިފި އެވެ.
"ހެރީ ޕޮޓާ" ގެ ފިލްމުތަކުން އާންމުންގެ ސަމާލުކަން ހޯދި އެމާ ކިޔަވަނީ އޮކްސްފޯޑް ޔުނިވާސިޓީގައި އެވެ.
އުމުރުން 33 އަހަރުގެ ބަތަލާ ކިޔެވުމުގެ ބޮޑުބައި ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ އޮންލައިންކޮށެވެ.
ދަ ސަން އިން ރިޕޯޓްކޮށްފައިވާ ގޮތުގައި އޮކްސްފޯޑްގައި ކިޔަވަން ފެށުމާ ގުޅިގެން އެމާ ވަނީ އޭނަގެ ސެކިއުރިޓީ ވެސް އިތުރަށް ވަރުގަދަކޮށްފަ އެވެ. ސަބަބަކީ ސެލެބްރިޓީއަކަށްވެފައި، ޔުނިވަސިޓީ އަށް ހާޒިރުވާން މަޖުބޫރުވާ ހާލަތްތަކުގައި ސަލާމަތީ ސަބަބުތަކާ ހެދި އެވެ.
އެމާ އޮކްސްފޯޑްގައި މާސްޓާސް ޑިގްރީއަކަށް ކިޔަވަން ފެށި އިރު، އޭނަ ވަނީ 2014 ގައި ބްރައުން ޔުނިވަސިޓީން އިންގްލިޝް ލިޓްރޭޗާ އިން ބެޗްލާސް ޑިގްރީއެއް ހާސިލުކޮށްފަ އެވެ.
"ބިއުޓީ އެންޑް ދަ ބީސްޓް" ފަދަ ކާމިޔާބު ފިލްމުތައް ކުޅެފައިވާ އެމާގެ އެންމެ ފަހުގެ ފިލްމަކީ 2019 ގެ "ލިޓްވް ވިމެން" އެވެ.