ލޯކަލް ކައުންސިލް އިންތިހާބު އަވަސް ކުރަން ގޮވާލާއި އިދިކޮޅު ކޯލިޝަނުން ކުރިއަށްގެންދިޔަ މުޒާހަރާ ތެރެއިން، ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއެކު 16 މީހަކު ހައްޔަރުކޮށްފި އެވެ.

އިދިކޮޅު ކޯލިޝަންގެ ސަޕޯޓަރުން މިއަދު މެންދުރުން ފެށިގެން ދަނީ އިހުތިޖާޖު ކުރަމުންނެވެ. އިލެކްޝަންސް ކޮމިޝަން ކައިިރިއަށް އެއްވެވެސް އިންތިހާބު އަވަސް ކުރުމަށް ގޮވާލާ އަޑުއުފުލާފައިވެ އެވެ. އަދި މުޒާހަރާގެ ބައިވެރިވުން ހުއްޓުވުމަށް ވެސް ފުލުހުން ވެސް ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.

އެއްވުމުގެ ތެރެއިން މިހާތަނަށް 16 މީހަކު ވަނީ ހައްޔަރު ކޮށްފަ އެވެ. އޭގެ ތެރޭގައި އެއްވުން ލީޑުކުރަމުންދިޔަ ޕީޕީއެމްގެ ނާއިބު ރައީސް އަދި ބާރަށު ދާއިރާގެ ކުރީގެ މެންބަރު އިބްރާހިމް ޝުޖާއު އާއި މުހައްމަދު ނަޝީދު (ކާނަލް) ހިމެނެ އެވެ. މީގެ އިތުރުން ކައުންސިލްގެ އެހެން ބައެއް މެމްބަރުން ވެސް ހައްޔަރުކޮށްފައިވެ އެވެ.