ބޮލީވުޑްގެ ފުންނާބު އުސް އެކްޓަރެއް ކަމަށްވާ އަނިލް ކަޕޫރު، އޭނާގެ އިންސްޓަގްރާމް އެކައުންޓްގައި ހުރި ހުރިހާ ފޮޓޯއެއް ޑިލީޓް ކޮށްލައިފި އެވެ.
އަނިލް ކަޕޫރުގެ ޕޯސްޓުތައް ޑިލީޓްކޮށްލި ސަބަބެއް ބުނެފައިނުވާއިރު އެކަމުގެ ސަބަބުން އޭނާގެ ސަޕޯޓަރުންނަށް ވަނީ ވަރަށް ބޮޑު ހައިރާން ކަމެއް ލިބިފަ އެވެ.
އޭގެ ތެރެއިން އެކަކަކީ އަނިލްގެ ދަރިފުޅު ސޯނަމް ކަޕޫރެވެ. ސޯނަމް ވަނީ އަނިލްގެ އިންސްޓަގުރާމް ޕޭޖުގެ ސްކްރީން ޝޮޓެއް ނަގައި އޭނާގެ އިންސްޓަގްރާމް ސްޓޯރީގައި ހިއްސާކޮށްފަ އެވެ.
އަނިލް އިންސްޓަގްރާމް އެއްކޮށް ދޫކޮށްލީ ކަމެއް ނުވަތަ ކުޑަ ދުވަސްކޮޅަކަށް ދުރަށް ދިޔައީ ކަމެއް ނޭނގޭއިރު އޭނާއަކީ މީގެ ކުރިން އެ ޕްލެޓްފޯމްގައި ވަރަށް ހަރަކާތްތެރި ތަރި އެކެވެ.
ފިލްމީ މަސައްކަތްތަކަށް ބަލާއިރު އަނިލް ދެން އެންމެ އަވަހަށް ފެންނާނީ ރަންބީރު ކަޕޫރާއެކު އޭނާ ލީޑު ރޯލުން ފެނިގެންދާ "އެނިމަލް" އިންނެވެ.
ގޭންގެއްގެ އިންޒާރަކާއެކު ގެ ދޫކޮށް ދާން ޖެހުނު: ވަރުން
މިދިޔަ އަހަރު ބީއެމްއެލްއަށް ރެކޯޑު މާލީ ނަތީޖާއެއް!
ބީއެމްއެލް އިން އަޅާ އިތުރު 182 ފްލެޓެއްގެ ބިންގާ އަޅައިފި