އދ. ދަނގެތިން މަހަށް ނިކުމެ އުޅެނިކޮށް ގެއްޅުނު ޔޫސުފް އިބްރާހީމް ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް އިން ހުއްޓާލައިފި އެވެ.
ޔޫސުފް އިބްރާހީމް (ޔޫސުއްބެ) ގެއްލިފައިވަނީ މިމަހުގެ 15 ވަނަ ދުވަހު އެވެ. އޭނާ ހޯދުމަށް އެމްއެންޑީއެފް ކޯސްޓްގާޑުން ޑައިވްކޮށްގެން 80000 އަކަމީޓަރުގެ ސަރަހައްދެއް ވަނީ ބަލާފަ އެވެ.
ހަފުތާއެއްވީއިރުވެސް އޭނާ ފެނިފައި ނުވާތީ އެމްއެންޑީއެފް އިން މިހާރު ވަނީ މި އޮޕަރޭޝަން މިވަގުތަށް ހުއްޓާލަފަ އެވެ.
ގެއްލުނީ ކުޑަ ދޯންޏެއްގައި މަހަށް ނުކުމެ އުޅެނިކޮށެވެ. އެ ރިޕޯޓް އެމްއެންޑީއެފްއަށް ލިބުނީ އެދުވަހުގެ 11:42 ހާއިރު އެވެ. އެމީހާ މަހަށް ނުކުތީ ފަތިިހު ކަމަށްވެ އެވެ. އެއީ އާންމުކޮށް ވެސް މަހަށް ގޮސް އުޅޭ މީހެކެވެ.
މައުލޫމާތު ނުދޭން ނިންމި މުވައްޒަފުންނަށް ފިޔަވަޅު އަޅަނީ
ރާއްޖޭގައި ތަކެތީގެ އަގުތައް އިތުރަށް އުފުލޭނެ: އޭޑީބީ
ހަށިގަނޑު އަވަހަށް ވަރުބަލި ކޮށްލާ ސިއްހީ 5 މައްސަލައެއް!
