ޕީޕީއެމް/ޕީއެންސީ ބައިބައިކުރުމަށް ބަޔަކު މަސައްކަތް ކުރަމުންގެންދާ ކަމަށާއި އެހެން ނަމަވެސް އެކަން ކާމިޔާބު ނުވާނެ ކަމަށް ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް ވިދާޅުވެއްޖެ އެވެ.
ޕީއެންސީއަށް މެމްބަރުން އިތުރުކުރުމަށް ޕީޕީއެމާއި ޕީއެންސީގެ ލީޑަޝިޕުން އައްޑޫ ސިޓީއަށް ފެށި ދަތުރުގެ ތެރެއިން ހުޅުމީދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ ޕީޕީއެމް/ޕީއެންސީ ބައިބައިކުރުމަށް ބަޔަކު ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އެހެން ނަމަވެސް ޕީޕީއެމް ޕީއެންސީ ބައިބައިވުމަށް ކިތަންމެ ވާހަކައެއް ދެއްކިޔަސް އެ މަސައްކަތް ކާމިޔާބު ނުވާނެ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.
އެކިގޮތްގޮތަށް އެކި ވާހަކަ ދައްކަމުން އަންނަ ކަމަށާއި އެވާހަކަތަކުގައި ޖެހޭ ބަޔަކަށް ޕީޕީއެމް/ޕީއެންސީގެ މެމްބަރުން ވެގެން ނުވާނެ ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.
"އެމްޑީޕީ ސަރުކާރު ގާއިމުވި ދުވަހު ވެސް އަޅުގަނޑުމެން ބުނީމު، ޕީޕީއެމާއި ޕީއެންސީ ރޫޅައެއް ނުލެވޭނެއޭ. ބައިބައި ނުކުރެވޭނެ. ކުރިއަށްދާން ބަލާއިރު، ވަރަށް ގިނަ ގޮންޖެހުންތަކެއް އެބަހުރި،" އޭނާ ވިދާޅުވި އެވެ.
ޕީޕީއެމް /ޕީއެންސީ ރޫޅާލަން ބަޔަކު މަސައްކަތް ކުރާ ކަމަށް ބުނެ އަދުވާ ވާހަކަ ދެއްކެވީ ރިޔާސީ އިންތހާބުގެ ފަހުން ޕީއެންސީއަށް މެމްބަރުން އިތުރުކުރުމަށް ކުރަމުން ގެންދާ މަސައްކަތާ ގުޅިގެންނެވެ. ގިނަ ބަޔަކު ބުނަމުން ދަނީ ޕީއެންސީއަށް މެމްބަރުން އިތުރު ކުރަނީ އެ ޕާޓީ ޕީޕީއެމްއަށްވުރެ ބޮޑުކުރުމަށް ކަމަށެވެ.
ޕީއެންސީއަށް މެމްބަރުން އިތުރުކުރުމަށް ޕީޕީއެމް މެމްބަރުންގެ ފޯމު ފުރާ ކަމަށް ވެސް ވަނީ އަޑުތައްފެތުރިފަ އެވެ.
އެހެން ނަމަވެސް އެވާޙަކަތަށް ޕީޕީއެމް އަދި ޕީއެންސީ އިން ވެސް ދޮގުކުރެ އެވެ.
ތައްލީމީ ފެންވަރަށް ބަލާނަމަ އަދުރޭ އާއި ޑރ. ޖަމީލާއި އަޅާ ނުކިޔޭނެ އަދުރޭ ކިޔަވައިގެންތިބޭ މީހުންނަކީ އެއީ ފައިސާ ފޮތީގެ ދެފުށް ދެގޮތަށް އޮތްވާ ދެފުށް އެއްގޮތް ކުރަން ދަންނަ މީހުންނޭ އެހެންވެއޭ އެމެންނަށް ކިޔަވައިގެން ތިބި މީހުން ކިޔަނީ މީގައި ޑރ. ޖަމީލު އެރޭ ދެއްކި ވާހަކަ މަމެން ކަނުލާ އަޑުއެހީ ސައުންޑް ކެންސެލޭޝަން ސްޕީކަރ ކަންފަތުގައި އަޅުވައިގެންނޭ އަދި އެ ޖަލްސާ ރިކޯރޑިންގް ވެސް އެބައޮތޭ މަމެން އަތުގައި ޑރ. ޖަމީލު އެވިދާޅުވަނީ ވަމުންދާ ގޮތޭ އަދުރޭ މިހާރު ނޫހުގައި ނެތޭ ކިޔަވަައިގެން ހުރި
މުއިއްޒަށް ފަސްއަހަރު ހަމަ ވެރިކަމެއް ކުރެވޭނީ ތިޔަ ޔާމީނުގެ ކިނައިން ވީގާ އަވަހަކަށް ސަލާމަތް ވެވިގެންނެވެ.