ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ ބައެއް ހިދުމަތްތައް ހުއްޓުމަކަށް އައި މައްސަލަ ހައްލުކޮށްފި އެވެ.
ރާއްޖޭގެ މައި އެއާޕޯޓް، ހިންގާ ކުންފުނި، އެމްއޭސީއެލް އިން މިއަދު މެންދުރު ކުރި ޓުވީޓެއްގައި ބުނީ ޓެކްނިކަލް މައްސަލައެއް ދިމާވީ އިމިގްރޭޝަން ކައުންޓަރުތަކުގައި ބޭނުންކުރާ ސިސްޓަމްތަކަށް ކަމަށެވެ.
ކުރިމަތިވި ޓެކްނިލް މައްސަލަތަކުގެ ސަބަބުން ފަސިންޖަރުންނަށް ހިދުމަތް ދިނުމުގައި ލަސްތަކެއް ވެދާނެ ކަމަށް އޭރު ބުނެފައިވެ އެވެ.
ނަމަަވެސް އޭގެ ދެގަޑިއިރެއްހާއިރު ފަހުން ކުރި ޓުވީޓެއްގައި އެމްއޭސީއެލްއިން ބުނެފައިވަނީ ދިމާވި ޓެކްނިކަލް މައްސަލަ މިހާރު ހައްލުކޮށްފައިވާ ކަމަށާއި، ޚިދުމަތް ބޭނުންކުރި ފަރާތްތަކުން ދެއްވި އެއްބާރުލއްވުމަށް ޝުކުރު އަދާކުރާ ކަމަށެވެ.
ހަމާސްގެ ހަތިޔާރު އަތުލުމާ ބެހޭ އެއްބަސްވުމެއް ގާއިމުކޮށްފި
އަޔާޑާ މޯލްޑިވްސްގެ މައްސަލާގައި މައުލޫމާތު ހާމަކުރަން އެދިއްޖެ
އިފުރު އެއާޕޯޓްގެ ދަތުރުތައް ވަގުތީގޮތުން މެދުކަނޑާލައިފި