އިޒުރޭލުން ގާޒާ އަށް ދެމުން ގެންދާ ހަމަލާތަކާ ދެކޮޅަށް ޖިހާދުކުރުމަށް ފަލަސްތީނަށް ދިވެހިންތަކެއް ދިޔަ ކަމަށް ބުނާ ވާހަކަ، ނެޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރު (އެންސީޓީސީ) އިން ބަލަން ފަށައިފި އެވެ.
ފަލަސްތީނަށް ޖިހާދު ކުރުމަށް ދިޔުމަށް ތިން ދިވެއްސަކު އުރުދުންއަށް އެތެރެވެފައިވާ ކަމަށް ބުނެ ފޭސްބުކްގައި އަހްމަދު ފިރާޒް ނަމަކަށް ކިޔާ އައިޑީއަކުން ވަނީ އާންމުކޮށްފަ އެވެ.
އޭނަ ކުރި ޕޯސްޓުގައި ބުނެފައި ވަނީ ފަލަސްތީނުގައި ހިނގާ ހަނގުރާމާގައި ބައިވެރިވާން ދިޔަ ދިވެހިން މިހާރު ތިބީ އުރުދުންގައި ކަމަށެވެ. އަދި ގައްޒާއަށް އެތެރެވާން މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް އޭނަ ބުނެފައިވެ އެވެ.
ވަރަށް ގިނަ މީހުން އެޕޯސްޓް ޝެއާކޮށް އެމީހުންނަށް ހިއްވަރުދީފފައިވެ އެވެ.
ނެޝަނަލް ކައުންޓާ ޓެރެރިޒަމް ސެންޓަރުން ބުނެފައި ވަނީ ފަލަސްތީނަށް ޖިހާދު ކުރަން ދިޔަ ތިން ދިވެއްސެއްގެ މައްސަލަ ބަލަމުން އަންނަ ކަމަށެވެ. އެހެން ނަމަވެސް އެކަމުެ ތަފްސީލެއް ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރުން ހާމައެއް ނުކުރެ އެވެ.
ޑްރަގް ނެޓްވޯކްގެ އެކައުންޓްތަކުގައި 300 މިލިއަން ދައުރުކުރި
އޯޓީޓީ ޕްލެޓްފޯމްތަކުގެ ނުފޫޒު ގަދަވާތީ ކަންބޮޑުވުން ފާޅުކޮށްފި
ނިދުމުގެ 3 ގަޑިއިރު ކުރިން ކެއުން ހުއްޓާލަން ޖެހޭ!
