އިންޑިއާގެ ނޫސްތަކުގައި މިދިޔަ ހަފްތާގައި އެންމެ ގަދައަށް ދެކެވުނު އެއް ވާހަކައަކީ ބޮލީވުޑްގެ އެކްޓްރެސް އަނުޝްކާ ޝަރްމާ ބަނޑުކަމަށް ދެކެވުނު ވާހަކަތަކެވެ.
އަނުޝްކާގެ ފެނިލުންތަކުން އޭނާ ބަނޑުބޮޑުކަމަށް ގިނަ ބަޔަކު ނިންމިއިރު އެކަމުގެ އެއްވެސް ޔަގީންކަމެއް އަނުޝްކާގެ ދެމަފިރިން ދީފައެއް ނުވެ އެވެ.
އަނުޝްކާއަށްފަހު އޭނާއާ ގާތުން ވާދަކުރާ އެކްޓްރެސް ކެޓްރީނާ ކައިފް ވެސް ބަނޑުބޮޑު ކަމަށް އިންޑިއާގެ ނޫސްތަކާއި ސޯޝަލް މީޑިއާގައި އަންނަނީ އަޑު ފެތުރެމުންނެވެ.
މި އަޑުތައް ފެތުރެން މެދުވެރިވީ ކެޓްރީނާގެ އެންމެ ފަހުގެ ފެނިލުމުގައި އޭނާގެ ބަނޑުގައި ކުޑަ "ބޭބީ ބަމްޕް"އެއް ހުރިކަން އާއްމުންނަށް ފާހަގަ ވުމުންނެވެ.
ޓައިގާ 3ގެ ޕްރޮމޯޝަން މަސައްކަތުގައި މިހާރު އުޅެމުން އަންނަ ކެޓްރީނާ އަދި އެކަމާ ބެހޭ ގޮތުން އެއްވެސް ވާހަކައެއް ދައްކާފައެއް ނުވެ އެވެ.
ކެޓްރީނާއާއި ބޮލީވުޑްގެ އެކްޓަރު ވިކީ ކައުޝަލް ކައިވެނި ކޮށްފައިވަނީ 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ނުވަވަނަ ދުވަހު އެވެ.
ގުޅިފަޅުން ހަވާލުނުކޮށް އޮތީ 1،755 ގޯއްޗެއްގެ ލިޔުން
މިއަހަރުގެ މިހާތަނަށް ފަތުރުވެރިން އެންމެ ގިނައިންއައީ ޗައިނާއިން
ހަސީނާއާ ގުޅުންހުރި 6.2 ބިލިއަން ޑޮލަރުގެ މުދާ ހިފަހައްޓައިފި