މާލެ ސިޓީ ކައުންސިލްގެ މެދުހެންވޭރު ދާއިރާގެ ކައުންސިލަރު އާދަމް ރަމީޒާއި މާފަންނު ދެކުނު ދާއިރާގެ ކައުންސިލަރު އަބްދުﷲ ނާސިރުރު (ހެރިންސް އައްޅޯ) މިއަދު އިސްތިއުފާ ދެއްވައިފި އެވެ.

އެނގިފައިވާގޮތުގައި އެ ދެ ބޭފުޅުން އިސްތިއުފާ ދެއްވީ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި ރައީސް އޮފީހުގެ މިނިސްޓަރު ކަމަށް އައްޔަން ކުރަން ނިންމާފައިވާތީ އެވެ. އެ ދެ ބޭފުޅުންނަކީ މުއިއްޒުގެ ވަރަށް އަރިސް ދެ ބޭފުޅުންނެވެ.

ޕީޕީއެމްގެ ސުލޫކީ ކޮމިޓީން އޭނާގެ މައްސަލައެއް ބަލަމުން ދަނިކޮށް ރަމީޒު ވަނީ މީގެކުރިން އެ ޕާޓީން ވަކިވެވަޑައިގެންފަ އެވެ.

މާލޭ ސިޓީ ކައުންސިލްގެ އިތުރު ކައުންސިލަރަކު ވެސް އިސްތިއުފާ ދެއްވާނެ ކަމަށް ވަނީ އަޑުފެތުރިފަ އެވެ. ނަމަވެސް އެކަން އަދި ކަށަވަރެއް ނުވެ އެވެ.

މުއިއްޒުގެ ކެބިނެޓްގައި ބައެއް މަޖިލިސް މެމްބަރުން ވެސް ތިއްބަވާނެ އެވެ. އެހެންކަމުން މަދާމާ ބައެއް ދާއިރާތަކުގެ މަޖިލިސް ގޮނޑި ހުސްވާނެ އެވެ.

ހަމައެހެންމެ އިންތިހާބީ ނައިބު ރައީސް ތަމްސީލުކުރައްވާ ފަރެސްމާތޮޑާ ދާއިރާގެ ގޮނޑި ވެސް މާދަމާ ހުސްވާނެ އެވެ.