މާލޭގެ މޭޔަރަކު އިންތިހާބު ކުރުމަށް ބާއްވާ އިންތިހާބުގައި ދަ ޑިމޮކްރެޓްސްގެ ޓިކެޓު ވާދަކުރާނެ ކެންޑިޑޭޓަކީ މާލެ ސިޓީ ކައުންސިލްގެ މެންބަރު މުހައްމަދު ސައިފް ފާތިހު ކަމަށް އެ ޕާޓީން މިއަދު ބުނެފި އެވެ.
މާލޭގެ މޭޔަރުގެ މަގާމު ހުސްވީ، ކުރިން އެ މަގާމުގައި ހުންނެވި ރައީސް ޑރ. މުހައްމަދު މުއިއްޒު އެ މަގާމުން އިސްތިއުފާ ދެއްވުމުންނެވެ. މޭޔަރު ކަމުން ރައީސް މުއިއްޒު އިސްތިއުފާ ދެއްވީ މިދިޔަ ސެޕްޓެމްބަރު މަހު ބޭއްވި ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމާ ގުޅިގެންނެވެ.
ޑިމޮކްރެޓްސް އިން ބުނީ މާލެ ސިޓީގެ މޭޔަރު އިންތިހާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަންގެ ޕްރައިމަރީ އަށް ކުރިމަތިލުމަށް މި މަހުގެ 5 ވަނަ ދުވަހު އިއުލާންކޮށްފައިވާ މުއްދަތުގައި އެ މަގާމަށް ވާދަކުރުމަށް ހުށަހަޅުއްވާފައި ވަނީ ސައިފް އެކަނި ކަމަށެވެ.
އެހެންވެ، ޕާޓީގެ އަސާސީ ގަވައިދުގައިވާ ގޮތުގެ މަތިން މާލެ ސިޓީގެ މޭޔަރު އިންތިހާބު ކުރުމަށް ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްގެ ބައި އިލެކްޝަނަށް ޑިމޮކްރެޓްސްގެ ފަރާތުން ވާދަކުރާނީ ސައިފް ކަމަށް ވެސް އެ ޕާޓީން ބުނެފައިވެ އެވެ.
މާލޭގެ މޭޔަރު ކަމަށް ސައިފްގެ އިތުރުން ދެން ޝައުގުވެރިކަން ފާޅު ކުރެއްވީ ކުރީގެ ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފާއި ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝުކޫރާއި ކުރީގެ ޕޮލިސް ކޮމިޝަނަރު ހުސެއިން ވަހީދެވެ.
މޭޔަރަކު ކަނޑައެޅުމަށް ބާއްވާ އިންތިހާބު އޮންނާނީ ޖެނުއަރީ މަހުގަ އެވެ.
ސައިފް ނޫންގޮތެއް. މާ މަބޮޑޭވެފަ ހުންނަ މީހެއް.