އުރީދޫ ފަން ރަން 2023 އަށް ރެޖިސްޓަވުމުގެ ފުރުސަތު މާދަމާ ރޭ 12 ޖަހާއިރު ބަންދުވާނެ ކަމަށް އުރީދޫ އިން ބުނެފި އެވެ

ގިނަ ބަޔަކު އިންތިޒާރު ކުރާ އުރީދޫ ފަން ރަން 2023 އަށް ރެޖިސްޓަވުމުގެ ފުރުސަތު 5 ނޮވެމްބަރުގައި ހުޅުވާލެވިފައިވާ އިރު، އުރީދޫ ފަން ރަން އަކީ ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު އެންމެ އުފާވެރި ދުވުމެވެ. އުރީދޫ ފަން ރަން އަށް ރެޖިސްޓަރ ވުމަށް http://ore.do/funrun2023 ޒިޔާރަތްކުރައްވާށެވެ.

މި އަހަރު ބާއްވަން ހަމަޖެހިފައިވާ ފަން ރަންގެ ބައިވެރިނަނަށް އަދި އިތުރު ފުރިހަމަކަމެއް ގެނެސްދިނުމުގެ ގޮތުން އުރީދޫ އިން ވަނީ ބައިވެރިންނަށް ލިބޭ ބިބް ކަސްޓަމައިޒްކޮށް ބޭނުންވާ ނަން ޖެހުމުގެ ފުރުސަތު ވެސް ފަހިކޮށްދީފަ އެވެ.

އުރީދޫ އިން ބުނީ ފަން ރަން ކިޓްތައް ޑެލިވަރީ ކުރަން މޫލީން ތައްޔާރުވެފައިވާއިރު، އެ ކިޓު މިހާރު ވެސް މޫލީ މެދުވެރިކޮށް ގަންނަން ލިބެން ހުންނާނެ ކަމަށެވެ.

އުރީދޫ ފަން ރަން ކިޓްތައް ދެ ކެޓަގަރީއަކަށް ލިބެން ހުންނާނެ ކަމަށް އެ ކުންފުނިން ހާމަކުރެ އެވެ.

އެގޮތުން 100 ރުފިޔާގެ ސްޓޭންޑަޑް ކިޓްތަކުގައި ފަން ރަން ޓީޝާޓާއި ރިސްޓްބޭންޑް ހިމެނޭ އިރު 200 ރުފިޔާގެ ފަން ކިޓްތަކުގެ ތެރޭގައި ފަންރަން ޓީޝާޓަކާއި ރިސްޓްބޭންޑާއި ފޮތި ކޮތަޅާއި ލޮލުގައި އަޅާ ގޮގުލްސް އަދި މަލްޓިޕާޕަސް ބަނޑާނާ ހިމެނޭ ކަމަށް އުރީދޫން ބުނެފައިވެ އެވެ.

އުރީދޫގެ ފަން ރަންގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް މި މަހުގެ 30 ވަނަ ދުވަހާއި ހަމައަށް އެކަމަށް ޚާއްޞަ ކުރެވިފައިވާ ލިންކު މެދުވެރިކޮށް ރެޖިސްޓާ ވެވޭނެ ކަމަށް އުރީދޫ އިން ބުނެފައިވެ އެވެ.

އުރީދޫ ފަން ރަންގައި ބައިވެރިވުމުގެ ފުރުސަތު، ހަ އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް ވެސް ވަނީ ހުޅުވާލައިފަ އެވެ.

އުރީދޫއިން ބުނީ ފަސް ކިލޯމީޓަރުގެ މި ކުރު ދުވުމުގައި ކޮންމެ ކިލޯމީޓަރެއް ދުވެ ނިމުމުން، ބެހެއްޓިފައިވާ ސްޓޭޝަންތަކުގައި، ކުލައިގެ އިތުރުން ފެނާއި ފޯމްގެ މަޖާ ހަރަކާތްތަކެއް ކުރިއަށްދާނެ ކަމަށެވެ.

މީގެ އިތުރުން އުރީދޫއިން ބުނީ މިއީ ވަކި ވަގުތެއްގެ ތެރޭގައި ނިންމަން ޖެހޭ ރޭހަކަށް ނުވާތީ، ހިނގާފައި، ނުވަތަ ދުވެފައި ވެސް ރޭސް ނިންމިދާނެ ކަމަށެވެ.