އިއްޔެ ބޭއްވި ދަ ޑިމޮކްރެޓްސްގެ އެތެރޭގެ އިންތިހާބުގައި އެ ޕާޓީގެ ރައީސް ކަމަށް ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް އިންތިހާބުވެއްޖެކަން ރަސްމީކޮށް އިއުލާންކޮށްފި އެވެ.
މިރޭ އިއުލާންކުރި ނަތީޖާ ދައްކާގޮތުން ހަސަން ލަތީފަށް 1704 ވޯޓު ލިބިވަޑައިގަތެވެ. އޭނާއާ ވާދަކުރެއްވި އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު މުހައްމަދު ރަޝާދަށް ލިބިވަޑައިގަތީ 1300 ވޯޓެވެ.
އިއްޔެއާ ހަމައަށް އެ ޕާޓީގެ މެމްބަރުންގެ ގޮތުގައި ތިބި 5083 މީހުންގެ ތެރެއިން 3209 މެންބަރުން އެ އިންތިހާބުގައި ވޯޓުލި އެވެ. އެއީ 54 ޕަސެންޓު މެންބަރުންނެވެ.
އެ އިންތިހާބު ކުރިއަށްދިޔަ ކުރާގޮތާ މެދު އަމްރު އިއްޔެ ވަނީ ކަންބޮޑުވުންފާޅުކުރައްވާފަ އެވެ. އަމްރު ވިދާޅުވީ މައްސަލަ އުޅެންޏާ އެ ވާހަކަ ސިއްރެއް ނުކުރާނެ ކަމަށާއި އޭނާ އެކަން ހާމަކުރާނެ ކަމަށެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ އުފެއްދެވި އެ ޕާޓީއަށް ރިޔާސީ އިންތިހާބުގައި ލިބުނީ 15000 ވޯޓެވެ.
10 މިނިސްޓަރުންގެ ކުއްލި އިސްތިއުފާއެކު ކުއްލި ހައިރާން ކަމެއް
ސޯޝަލް އެންޑް ފެމިލީ މިނިސްޓަރު ކަމުން އައިޝަތު ޝިހާމް ވަކިކޮށްފި
ވަޒީރުންގެ އަދަދު ވަނީ 15 އަށް މަދުކޮށްފައި: ރައީސް އޮފީސް
