ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގައި އެ ގައުމުތަކަށް ނިސްބަތްކޮށް ގެނެސްދޭ މަޝްހޫރު ކައްކާ ޝޯ "މާސްޓަ ޝެފް އިންޑިއާ" މިފަހަރުގެ ސީޒަން މުހައްމަދު އާޝިޤް ކާމިޔާބު ކޮށްފި އެވެ.

ސޮނީ ޓީވީއިން ގެނެސްދޭ "މާސްޓަ ޝެފް އިންޑިއާ" ގެ އަށް ވަނަ ސީޒަން ކާމިޔާބު ކުރި އާޝިޤްއަކީ އިންޑިއާގެ ކަރްނަޓަކާ ސިޓީގެ މެންގަލޫރަށް ނިސްބަތްވާ ފަރާތްތެކެވެ.

13 ހަފްތާގެ މުއްދަތަކަށް ކުރިއަށް ގެންދިޔަ މި ކެއްކުމުގެ ޝޯގެ ފައިނަލުގައި އުމުރުން 28 އަހަރުގެ އާޝިޤް އާއި ވާދަކުރީ ޑރ.ރުކްސާރު ސައީދު އާއި ނަމްބީ ޖެސިކާ މަރަކް އަދި ސޫރަޖު ތާޕާ އެވެ.

މާސްޓަރު ޝެފްގެ އިންޑިއާ 2023ގެ ނަސީބުވެރިޔާގެ ހައިސިއްޔަތުން އާޝިޤަށް ވަނީ 25 ލައްކަ ރުޕީސްގެ ފައިސާގެ އިނާމެއް ލިބިގެން ގޮސްފަ އެވެ.

ފައިނަލްގެ ގަދަ ހަތަރެއްގައި ވާދަކުރި ބައިވެރިންގެ އެންމެ ފަހު ޗެލެންޖަކަށްވީ ޝޯވްގައި އެ މީހުން ކުރި ދިގު ދަތުރު ދައްކުވައިދީ އެ މީހުންގެ އައިޑެންޓިޓީ ދައްކައިލާނެ ސިގްނޭޗާ ޑިޝްއެއް އުފެއްދުމެވެ. އިންޑިއާގެ އައްސޭރިފަށުގެ ސިޓީއަކަށް ނިސްބަތްވާ މުޙައްމަދު އާޝިޤް މި ޗެލެންޖް ކާމިޔާބު ކުރީ ކްރެބް ކޭކް މޫސް އާއި ތަރުކާރީއާ އެކު ޕްރޯން ޕިއުރީ އަދި ކޮކަމް ޕެލެޓް ކްލެންސަ ހިމެނޭ ސީފުޑް ކެއުމެއް ޖަޖުންނަށް ހުށަހަޅައިގެންނެވެ.

މިފަހަރުގެ ސީޒަންގައި ޖަޖުންނަކީ ސެލެބްރިޓީ ޝެފުން ކަމަށްވާ ރަންބީރް ބްރާރް އާއި ވިކާސް ކަންނާގެ އިތުރުން ޕޫޖާ އެވެ.

"މާސްޓަ ޝެފް" އަކީ 1990 ގައި އިނގިރިރޭސިވިލާތުން އުފަންވި ކައްކާ ރިއަލިޓީ ޝޯއެކެވެ.