ބޮލީވުޑްގެ ތަރި ބިޕާޝާ ބާސޫ އާއިލާއާ އެކު ޗުއްޓީއަށް ހޭދަކޮށްލުމަށް ރާއްޖެ އަތުވެއްޖެ އެވެ.

އައު އަހަރާއި ދިމާކޮށް ޗުއްޓީ ހޭދަކޮށްލުމަށް ރާއްޖެއަށް ގިނަ މަޝްހޫރު ފަރާތްތަކުން އަންނަނީ ޒިޔާރަތް ކުރަމުންނެވެ. އެގޮތުން ބޮލީވުޑްގައި ފާހަގަ ކޮށްލެވޭ ފަންނާނުވެސް މިދުވަސްވަރު ރާއްޖެއަށް ޒިޔާރަތްކުރާލެއް ގިނަ އެވެ.

އެގޮތުން ބޮލީވުޑްގެ މަޝްހޫރު ބަތަލާ ބިޕާޝާ ބާސޫއާއި ފިރިމީހާ ކަރަން ސިންގް ގްރޯވާ އަނެއްކާވެސް މިވަނީ ރާއްޖެއަށް ޗުއްޓީ ހޭދަކޮށްލުމަށް ރާއްޖެ އައިސްފަ އެވެ. މި ދެތަރިން ރާއްޖެ އައިސްފައި ވަނީ ދަރިފުޅު ދޭވީއާއިވެސް އެކުގަ އެވެ.

ބިޕާޝާއާއި ކަރަން ރާއްޖޭގައި ޗުއްޓީ ހޭދަކުރަން ޒިޔާރަތް ކުރުމުން ޓުއަރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވަނީ އެދެތަރިންނަށް މަރުހަބާ ވިދާޅުވެފަ އެވެ.

ބިޕާޝާ ބުނީ މިދަތުރަކީ އޭނާގެ އުފަން ދުވަސް ފާހަގަ ކުރުމުގެ ގޮތުން ރާއްޖެއަށް ކުރި ދަތުރެއް ކަމަށެވެ. ބިޕާޝާގެ އުފަން ދުވަހަކީ ޖެނުއަރީ ހަތް ވަނަ ދުވަހެވެ.

ބިޕާޝާ އާއި ކަރަން މިފަހަރު ޗުއްޓީ ހޭދަ ކުރަނީ ސަން ޝިޔާމް އިރުވެލި ފުށީގައި އެވެ.އެ ރިސޯޓުން އެމީހުންނަށް ހޫނު މަރުހަބާއެއް ކިޔާފައިވާއިރު، އެ މަރުހަބާގެ ވީޑިއޯ ބިޕާޝާ ވަނީ މީސް މީޑިއާގައި ހިއްސާ ކޮށްފަ އެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގައި ބިޕާޝާއާއި ކަރަންގެ ދަރިފުޅު ދޭވީގެ ފުރަތަމަ އުފަންދުވަސްވެސް ފާހަގަކުރީ ރާއްޖޭގެ ރިޒޯޓެއްގަ އެވެ