ޑޯޕިން މައްސަލައަކާ ގުޅިގެން އަޔަކްސް އާއި ކެމަރޫންގެ ޤައުމީ ޓީމުގެ ގޯލްކީޕަރު 12 މަސް ދުވަހުގެ މުއްދަތަކަށް ސަސްޕެންޑްކުރަން ޔުއޭފާ އިން ނިންމައިފި އެވެ.
ޔުއޭފާ އިން އޮނާނާ ،24، އަށް މި އަދަބު ދިނީ މިދިޔަ އޮކްޓޯބަރު މަހު ކުރި ޑްރަގް ޓެސްޓަކުން ފެއިލްވުމުންނެވެ. އޮނާނާ ބުނީ އޭނާ ޑްރަގް ޓެސްޓުން ފެއިލްވީ އޭނާގެ އަންހެނުންނަށް ދީފައިވާ ބޭހެއް އޮޅިގެން ބޭނުންކުރެވުމުން ކަމަށެވެ.
ފުޓްބޯޅައިގެ ހުރިހާ ހަރަކާތަކުން އޮނާނާ 12 މަސް ދުވަހަށް ސަސްޕެންޑްކުރި މައްސަލަ އޭނާ އަދި އަޔަކްސް އިން ވެސް ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް (ސީއޭއެސް)ގައި އެޕީލްކުރާނެ އެވެ.
ސޯޝަލް މީޑިއާގައި ނެރުނު ބަޔާނެއްގައި އޮނާނާ ބުނީ އެސްޕްރިން ކަމަށް ހީކޮށް، އޭނާގެ އަންހެނުންނަށް ދީފައިވާ ބޭހެއް އޭނާ އަށް ބޭނުންކުރެވުނީ އޮޅިގެން ކަމަށެވެ. އަދި މަނާ ބޭހެއް ބޭނުންކުރުމަކީ އެނާ ދުވަހަކު ވެސް ކުރާނެ ކަމެއް ނޫން ކަމަށެވެ.
އޮނާނާ ވަނީ މި ސީޒަންގައި 20 މެޗު ކުޅެ، ނުވަ މެޗުގައި ކްލީން ޝީޓް ހޯދައިފަ އެވެ.
އީރާނުގެ ތެލުގެ 90 އިންސައްތަ ޗައިނާއިން ދަނީ ގަންނަމުން
ޓައިމްސްގެ އެންމެ ނުފޫޒުގަދަ 100 މީހުންގެ ތެރޭގައި ރަންބީރު!
ހަނގުރާމައިގެ ތެރޭގައި ވެސް ވޯލްޑް ކަޕްގައި އީރާން ކުޅޭނެ: ފީފާ