މޫސުން ގޯސްވެ މަންޓާ އެއާގެ ސީޕްލޭނަކަށް ގެއްލުންތަކެއް ލިބިއްޖެ އެވެ.
މިހާރު ސޯޝަލް މީޑިއާގައި ދައުރުވާ ވީޑިއޯއިން ފެންނަ ގޮތުގައި މަންޓާ އެއާގެ ސީޕްލޭނަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާތަން ފެނެ އެވެ.
މަންޓާ އެއާގެ އޮފިޝަލަކު ވިދާޅުވީ އެބޯޓަކީ މާލެ އަތޮޅު ކައިރީގައި ޕްލެޓްފޯމެއްގަ އަޅާފައި އޮތް ބޯޓެއް ކަމަށާއި ވިއްސާރައިގައި ޕްލެޓްފޯމުން ކަނޑައިގެން ގޮސް ގެއްލުންތަކެއް ލިބުނީ ކަމަށެވެ.
މަންޓާއިން ބުނީ ވިއްސާރަ އާއި ގަދަ ވައިގައި ހަލާކުވި ބޯޓު މަރާމާތު ކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.
މި ދުވަސްވަރު ރާއްޖެއަށް މޫސުން ފުދޭ ވަރަކަށް ގޯހެވެ. ރާއްޖޭގެ އިރުމަތީގައި އުފެދިފައިވާ ކޮޅިގަނޑެއް ރާއްޖެ ހުރަސްކޮށް ދަތުރު ކުރާތީ، ތިން ދުވަހަށް މޫސުން ގޯސްވާނެ ކަމަށް މިދިޔަ އަންގާރަ ދުވަހު މެޓު އޮފީހުން ވެސް ބުނެފައިވެ އެވެ.
މަންޓާ އިން ސީޕްލޭން ދަތުރުތައް ފެށީ 2019 ވަނަ އަހަރު އެވެ. އެ އެއާލައިނުގެ ސީޕްލޭން ފްލީޓުގައި 16 ބޯޓު މިހާރު އޮންނައިރު، 30 ރިސޯޓަކަށް ފަތުރުވެރިން އުފުލަ އެވެ.
މަންޓާ އެއާއިން އަންނަނީ ސީޕްލޭންގެ ހިދުމަތުގެ އިތުރުން ރާއްޖޭގެ ތިން އެއާޕޯޓަކަށް ދަތުރު ވެސް ކުރަމުންނެވެ.
އާޝާގެ އަޑުން އިސްލާމީ އަސަރުގަދަ މަދަހަތަކެއް!
ރައީސްގެ ވައުދަކަށް ވީތީ އުފެއްދި ސިޓީސް މިނިސްޓްރީ އުވާލައިފި
މި ހަފުތާގައި އެމެރިކާއާއި އީރާނުގެ މަޝްވަރާތައް އަލުން ފަށަނީ