3000 އަށްވުރެ ވެސް ގިނަ އަހަރު ވެފައިވާ ދުވަސްވީ އާބާދެއް ދުނިޔޭގެ އެންމެ ބޮޑު ޖަންގަލި ކަމަށްވާ އެމޭޒަން ޖަންގަލިން ފެނިއްޖެ އެވެ.
ބީބީސީގައި އާއްމުކޮށްފައިވާ ލިޔުމެއްގައި ބުނާ ގޮތުން އެމޭޒަން ޖަންގަލީގެ އިކުއޭޑޯ ސަރަހައްދުން ފެނިފައިވާ އެ އާބާދަކީ މީގެ ކުރިން އިންސާނުން ދިރިއުޅެފައިވާ ސަރަހައްދެކެވެ.
އެ ސަރަހައްދުގައިވާ އަލިފާން ފަރުބަދަތަކުގެ ސަބަބުން އެ ސަރަހައްދުގެ ވެލިގަނޑުގެ ކޮލިޓީ ރަނގަޅުކަން ފާހަގަ ކުރަމުން ސައިންސްވެރިން ބުނީ އެއީ އެ ހިސާބުގައި ދަނޑުވެރިކަން ކޮށް އުޅުނު ކަމުގެ ނިޝާނެއް ކަމަށެވެ.
އޭގެ އިތުރުން ވެސް މި ސަރަހައްދުން ލަކުޑިންނާއި ގަލުން ހަދާފައިވާ ތަފާތު ބިނާތަކެއް ވެސް ފެނިފައިވާ ކަމަށް މި ޕްރޮޖެކްޓްގައި ހަރަކާތްތެރިވާ ސައިންސްވެރިން ބުނެ އެވެ.
މިއާއެކު މި އާބާދު ވެފައިވަނީ މިހާތަނަށް އެމޭޒަން ޖަންގަލިން ފެނިފައިވާ އެންމެ ދުވަސްވީ އާބާދަށެވެ. މީގެ ކުރިންވެސް އެ ޖަންގަލިން އާބާދުތަކެއް ފެނިފައިވެ އެވެ.
ދުނިޔޭގެ އެންމެ އަގުބޮޑު ކުންފުނީގެ މަގާމު އަލުން އެޕަލް އަށް
ރުޅިގަދަ ވުން: ތެރަޕީ ހޯދަންޖެހޭ ކަމުގެ 6 އިޝާރާތެއް!
ފުވައްމުލަކުގައި ރާއްޖޭގެ ފުރަތަމަ ޝާކް ރިސާޗް ހަބް ހުޅުވައިފި