އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވަނީ އީރާނުގެ ނިއުކްލިއާ ޑީލުން ހުއްދަކޮށްފައިވާ މިންވަރަށްވުރެ ގިނައިން އެ ގައުމުން ޔުރޭނިއަމް ފައްކާކުރުން ހުއްޓަންޖެހޭ ކަމަށް ބައިޑަންގެ ސަރުކާރުގެ އިސް އޮފިޝަލަކު ވިދާޅުވެއްޖެ އެވެ.
ޖޮއިންޓް ކޮމްޕްރިހެންސިވް ޕްލޭން އޮފް އެކްޝަން (ޖޭސީޕީއޯއޭ) އޭކިޔާ ޑީލަށް ރިއާޔަތްކޮށް އޮފިޝަލު ވިދާޅުވީ "ޖޭސީޕީއޯއޭ އިން ކަނޑައަޅާފައިވަ މިންވަރަށް ވުރެ ގިނައިން ޔުރޭނިއަމް ފައްކާކުރުން އެ މީހުން ހުއްޓަން ޖެހޭ،" ކަމަށެވެ.
"އެމެރިކާގެ ވިސްނުމަކަށް އެއްވެސް ބަދަލެއް ނާދޭ. ޔުނައިޓެޓް ސްޓޭޓްސްއިން ބޭނުން ވަނީ ޖޭސީޕީއޯއޭގެ އެއްބަސްވުންތަކަށް އީރާން އަނބުރާ އިއާދަވާން. އޭރުން ޔުނައިޓެޑް ސްޓޭޓްސްއިން ވެސް އެގޮތަށް އަމަލު ކުރާނެ،" ބައިޑަންގެ ސަރުކާރުގެ އިސް އޮފިޝަލު ވިދާޅުވި އެވެ.
ދާދިފަހުން އީރާނުގެ ރައީސް ހަސަން ރޫހާނީ ވަނީ 2015 ވަނަ އަހަރު ސޮއިކުރި ޖޭސީޕީއޯއޭ އެއްބަސްވުން އާކުރާއިރު އެއެއްބަސްވުމަށް އެއްވެސް އުނި އިތުރެއް ނުގެނެވޭނެ ކަމަށް ވިދާޅުވެފަ އެވެ. އަދި އެއެއްބަސްވުމުގައި އިތުރު އެހެން ބަޔަކުވެސް ބައިވެރި ނުކުރެވޭނެ ކަމަށް ރޫހަނީ ވިދާޅުވި އެެވެ.
ވިއްސާރާގައި ލަންކާއިން 56 މަރު، ސަރުކާރު ބަންދުކޮށްފި
ލައިފްޓައިމް އެޗީވްމަންޓް އެވޯޑް ގަބޫލެއް ނުކުރާނަން: އަނުޕަމް
ސެލީނާ އޭނާގެ ފިރިމީހާއަށް ގެވެށި އަނިޔާގެ ދައުވާ ކޮށްފި
