މާލެއިން 98 މީހުންނާއެކު މުޅި ރާއްޖެއިން 126 މީހުން ޕޮޒިޓިވްވެއްޖެ އެވެ.

އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިއަދު މާލެ ސަރަހައުދުން ޕޮޒިޓިވްވީ 98 މީހުންނެވެ. އަދި އަތޮޅުތެރެއިން 19 މީހަކު ޕޮޒިޓިވް ވެފައިވާއިރު އޮޕަރޭޝަނަލް ރިސޯޓްތަކުން ޖުމްލަ 9 މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ.

މިއަދުގެ 126 ކޭސްއާއެކު ރާއްޖެއިން މިހާތަނަށް ކޮވިޑް ޖެހިފައިވަނީ ޖުމްލަ 16،909 މީހުންނަށެވެ. އެކްޓިވް ކޭސްގެ އަދަދު 2،075 ގައި މިހާރު ހުރިއިރު 14،772 މީހުންވަނީ މިހާތަނަށް މިބަލިން ރަނގަޅުވެފަ އެވެ.

މިހަފްތާގައި ރާއްޖޭގައި ކޮވިޑަށް ވެކްސިން ދޭން ފަށައި، މިއަދު ވަނީ 3،190 މީހަކަށް ވެކްސިން ދީފަ އެވެ. މިހާތަނަށް ރާއްޖޭގައި ޖުމްލަ 12،934 މީހަކަށް ވަނީ ވެކްސިން ދީފަ އެވެ. އޭގެ ތެރެއިން 10،626 މީހުންނަކީ މާލެ ސަރަހައްދުން ވެކްސިން ދީފައިވާ މީހުންނެވެ. އަދި އަތޮޅުތެރެއިން ވެކްސިން ދީފައި ވަނީ 2،308 މީހުންނަށެވެ.

މިހާރު ރާއްޖޭގައި 55 އަހަރުން މަތީގެ މީހުންނަށް ވެސް ވެކްސިން ދޭން ވަނީ ފަށާފަ އެވެ.