ޕީއެންސީގެ ޓިކެޓްގައި ކެންޑިޑޭޓުން ފޯމު ހުށަހަޅާފައި ވަނިކޮށް، މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރާއި ކުރެންދޫ ދާއިރާގެ މެމްބަރު އަބްދުލް ޣަނީ އަބްދުލްހަކީމް މަޖިލިސް އިންތިހާބުގައި އަމިއްލަގޮތުން ވާދަކުރެއްވުމަށް ފޯމު ހުށަހަޅުއްވައިފި އެވެ.
އެ ދެ މެމްބަރުންނަކީ ދާދިފަހުން އެމްޑީޕީ ދޫކޮށް ޕީއެންސީއާ ގުޅިވަޑައިގެންނެވި މެމްބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ދެ ބޭފުޅުންނެވެ.
މަތިވެރި ޕީއެންސީ ޓިކެޓްގައި ވާދަކުރައްވަނީ އަބްދުﷲ ލުތުފީ އެވެ. ކުރެންދޫ ދާއިރާގެ ޕީއެންސީ ޓިކެޓް ލިބުނީ އިކޮނޮމިކް މިނިސްޓްރީގެ ކުރީގެ ނައިބު އާދަމް ތައުފީގަށެވެ.
އިލެކްޝަންސް ކޮމިޝަނަށް ފޯމު ހުށަހެޅުމަށްފަހު ޣަނީ ވިދާޅުވީ, އިތުރު ދައުރަކަށް ކުރިމަތިލެއްވީ, ފެއްޓެވި ދަތުރު ކުރިއަށް ގެންގޮސް ނިންމުމަށް ކަމަށެވެ.
މެމްބަރު ޒަރީރު ވިދާޅުވީ މަތިވެރި ދާއިރާގެ ރަށްތަކުގެ ޕީއެންސީ މެމްބަރުންގެ ތާއީދު އޮތީ އޭނާއަށް ކަމަށެވެ.
އޭނާ ވިދާޅުވީ ހާސްވާންޖެހޭ ކަމެއް ނެތް ކަމަށާއި މި އިންތިހާބު އޭނާ ކާމިޔާބު ކުރައްވާނެ ކަމަށެވެ.
ޕީއެންސީގެ ކެންޑިޑޭޓުން ތިއްބައި ސަރުކާރުގެ އިސްވެރިންގެ އެއްބާރުލުމާއެކު ބައެއް ދާއިރާތަކަށް އަމިއްލަގޮތުން ކެންޑިޑޭޓުން ނެރޭ މައްސަލަ ބޮޑުވެ، ޕާޓީ ތެރޭގައި ވަނީ ހިޔާލުތަފާތުވުން އުފެދިފަ އެވެ.
ޓައިމްސްގެ އެންމެ ނުފޫޒުގަދަ 100 މީހުންގެ ތެރޭގައި ރަންބީރު!
އީރާނުގެ ތެލުގެ 90 އިންސައްތަ ޗައިނާއިން ދަނީ ގަންނަމުން
ދިރާގުން ދޭ އައިފޯން 17 ޕްރޯ މެކްސްގެ ނަސީބުވެރި ފަރާތް ހޮވައިފި
