އައްޑޫ ސިޓީ ހަންކެނޑޭގައި ފަތުރުވެރިކަމުގެ މަޝްރޫ ކުރިއަށްގެންދަން ރައީސް މުހައްމަދު މުއިއްޒު ކުންފުންޏެއް އުފައްދަވައިފި އެވެ.
ކުންފުނީގެ ގާނޫނު ގެ 15 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުން އުފެއްދެވީ، "އައްޑޫ ހަންކެޑެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް" އެވެ.
އައްޑޫ ހަންކެޑެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް އުފެއްދެވުމުގެ މައިގަނޑު މަގްސަދަކީ، އިންޓެގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް މޮޑެލަކަށް "އައްޑުއަތޮޅު ހަންކެޑެ" ތަރައްގީކޮށް، އައްޑޫ އަތޮޅުގައި ފަތުރުވެރިކަމުގެ ސިނާއަތް އިތުރަށް ފުޅާކުރުމާއެކު، ފަތުރުވެރިކަމުގެ ސިނާއަތުން ލިބޭ މަންފާ މުޅި އައްޑު އަތޮޅަށް ހަމަހަމަކަމާއެކު ފޯރުކޮށްދިނުމާއެކު، ފަތުރުވެރިކަމުގެ ދާއިރާގައި އައްޑު އަތޮޅުގެ ބައިވެރިވުން އިތުރުކޮށް މި މަޝްރޫއުގެ ދަށުން ސަރުކާރުން ކަނޑައަޅާފައިވާ އިގްތިސާދީ ލަނޑުދަނޑިތައް ހާސިލުކުރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ރޭވުންތެރިކަމާއެކު ކުރިއަށް ގެންދިއުން ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ފާހާނާ ތަށްޓަށްވުރެ ތި ގެންގުޅޭ ފޯނުގައި ޖަރާސީމު ގިނަ!
އެމެރިކާއިން ސައުދީއަށް 1.96 ބިލިއަން ޑޮލަރުގެ ހަތިޔާރު ވިއްކަނީ
ބޮލީވުޑްގެ ކަންކަން ނިކްއަށް މާ ބޮޑަށް އެނގޭ: ޕްރިޔަންކާ
