ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މަންމާފުޅު ފާތިމަތު ހަސަން ކޮވިޑަށް ޕޮޒިޓިވްވެ ފަރުވާ ހޯއްދަވަމުން އެބަ ގެންދަވަ އެވެ.
ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ އެކަން ކަށަވަރުކޮށްދެއްވާފަ އެވެ. ނަމަވެސް އުމުރުފުޅުން 83 އަހަރުގެ އެކަމަނާގެ ބަލި ހާލަތުގެ އިތުރު ތަފްސީލެއް ނުލިބެ އެވެ.
ދަރިކަނބަލުން މުސްލިމާ އަބްދުލް ގައްޔޫމާއެކު ރައީސް ޔާމީންގެ މަންމާފުޅު ދިރިއުޅުއްވަނީ ސްރީލަންކާގަ އެވެ. އެކަމަނާ ފަރުވާ ހޯއްދަވަނީ އެ ގައުމުގެ ހޮސްޕިޓަލެއްގަ އެވެ.
މިދިޔަ އަހަރުގެ ތެރޭގައި ވެސް އެކަމަނާ ވަނީ ސިއްހީ ހާލުކޮޅު ގޯސްވެގެން ފަރުވާ ހޯއްދަވާފަ އެވެ.
ޣައްޒާގެ ހައްގުގައި ގިނަ ތަރިންތަކަކާ ގުޅުން ކަނޑާލިން: މާކް
ފުރަތަމަ ހަ މަހު ބީއެމްއެލްގެ ޖުމްލަ އާމްދަނީ އަކީ 3.2 ބިލިއަން
"ޖުމާންޖީ: އޯޕަން ވޯލްޑް"ގެ ޓްރެއިލާ ދައްކާލައިފި
