ޔޫރަޕްގެ އެންމެ ބޮޑު އެއް ގައުމު ކަމަށްވާ ޖަރުމަނުގައި ފުރަތަމަ ފަހަރަށް މުސްލިމުންގެ އެންމެ މާތް މަސް ކަމަށްވާ ރަމަޟާން މަހުގެ ފެށުން ކުލަގަދަކޮށް ފާހަގަކޮށްފި އެވެ.
އެގޮތުން ޖަރުމަނުގެ އެންމެ އާބާދީ ބޮޑު އެއް ސިޓީ ކަމަށްވާ ފްރެންކްފަޓުގެ މަގުތައް ބޮކިފަތިން ދިއްލާލެވުނުއިރު ބޮކީގެ އަލިން ރަމަޟާން މަހުގެ ތަހުނިޔާ ވެސް އާއްމުކޮށް ފެންނަން ހުއްޓެވެ.
މި މަންޒަރުން އެރަށުގެ މަގުތައް އިތުރަށް ހިތްގައިމުކުރުވި އިރު އެތައް ހާސް ބަޔަކު ވަނީ މަގުމައްޗަށް ނުކުމެ ރަމަޟާން މަހުގެ އުފާ ފާޅުކޮށްފަ އެވެ.
ފްރެންކްފަޓްގެ މޭޔަރު ނާގަރެސް އިސްކަންދަރީ ވިދާޅުވީ ރަމަޟާން މަހުގެ ފެށުން ފާހަގަ ކުރުމަކީ މުޖުތަމައުގެ އެއްބައިވަންތަކަމާއި އަހްވަންތަ ކަމަށް މުހިއްމު ކަމެއް ކަމަށެވެ.
މުސްލިމުންގެ އެކި މުނާސަބަތުތައް މަދުން ނަމަވެސް ޔޫރަޕްގައި ފާހަގަ ކުރަން މިހާރު ވަނީ ފަށައިފަ އެވެ. އެގޮތުން އިނގިރޭސިވިލާތުގެ ލަންޑަންގައި ވެސް ރަމަޟާން މަހުގެ ފެށުން ފާހަގަކުރެވެ އެވެ.
"ހޯމް އެލޯން"ގެ ސީކުއަލްއެއް؟
އެއްފަހަރާ ދެ ޑްރެޖަރު ބޭނުންކޮށްގެން ފޭސް3 ގެ ބިން ހިއްކަނީ
ނުރައްކާތެރިކޮށް ދުއްވާ މީހުން 20 އަހަރަށް ޖަލަށްލެވޭގޮތް ހަދަނީ