"ގޮސިޕް ކުރުން" ނުވަތަ މީހުން ނެތްތަނުގައި އެ މީހުންގެ ވާހަކަ ދެއްކުމަކީ އިސްލާމްދީނުގައި ވެސް ނަހީކުރައްވާފައިވާ ނުބައި އަމަލެކެވެ. އެހެން ނަމަވެސް އަހަރެމެންގެ ތެރެއިން ދެމީހަކު ވާހަކަ ދައްކާނަމަ ގިނަ ފަހަރަށް ކޮންމެވެސް އެހެން މީހެއްގެ ވާހަކަދެއްކުން އޮންނަނީ އާދައަކަށްވެފަ އެވެ.

ގޮސިޕް ކުރާ ނަމަ ގިނަ ފަހަރު އެކަން ހުއްޓާލުމަށް ބޭނުންވިޔަސް، އިސްވެ އެހެން ބުނަން ނުކެރޭ ފަހަރު އާދެ އެވެ. ނަތީޖާއެއްގެ ގޮތުން އެ ވާހަކައިގައި ބައިވެރިވެވި، އެ ނުބައި އަމަލުގެ ތެރެއަށް މީހާވަދެގެން ދެ އެވެ. އެކަން އެހެން ވިޔަ ނުދިނުމަށްޓަކައި އެފަދަ މައުޟޫއެއް ބަދަލުކުރުމަށް ކުރެވިދާނެ ބުނެވިދާނެ ބައެއް ބަސްތައް ހިއްސާކޮށްލާނަމެވެ.

"ތިއީ އަހަންނާ ބެހޭ ކަމެއް ނޫން. ތިކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަންވެސް އަހަރެން ބޭނުމެއް ނޫން،"

"އެހެން މީހެއްގެ ދިރިއުޅުމުގެ ވާހަކަ ދައްކަން އަހަރެން ބޭނުމެއް ނޫން،"

"މި ހާލަތާއި މެދު ނެގެޓިވް އެއްޗެއް ބުނާކަށް ބޭނުމެއް ނޫން،"

"އެހެން މީހުންގެ ވާހަކައަށް ވުރެ އަހަރެންގެ އަމިއްލަ ވާހަކަ ދެއްކުން މާ ރަނގަޅުވާނެ،"