މުޅި ރާއްޖެއިން 142 މީހުން މިއަދު ކޮވިޑަށް ޕޮޒިޓިވްވިއިރު، މިއަދު 6،171 މީހަކަށް ވެކްސިންދީފި އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާއްމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މިހާތަނަށް ޖުމްލަ 18،224 މީހަކަށް ކޮވިޑް ޖެހިފައިވެ އެވެ. މީގެ ތެރެއިން 15،768 މީހުން ބަލިން ރަނގަޅުވެފައިވެ އެވެ.

އަލަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 129 މީހަކާއި އަތޮޅުތަކުން ޕޮޒިޓިވްވި ހަ މީހަކާއި އޮޕަރޭޓް ކުރާ ރިސޯޓްތަކުން ޕޮޒިޓިވްވި ފަސް މީހަކާއި ސަފާރީތަކުން ޕޮޒިޓިވްވި ދެ މީހެކެވެ.

މި ބަލީގައި މިހާތަނަށް 56 މީހަކު ވަނީ މަރުވެފަ އެވެ.

އެޗްއީއޯސީން މިރޭ ބުނީ ކޮވިޑް ޖެހިގެން އައިސީޔޫގައި ތިން މީހަކަށް ފަރުވާދެމުން އަންނަ ކަމަށާއި ޖުމްލަ 171 މީހަކު ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދެމުން އަންނަ ކަމަށެވެ.