ބިޒީ ޝެޑިއުލްއެއްގައި މަސައްކަތް ކުރަމުންދާ ޖެކްލިން މިވަނީ ދާދި ފަހުން މުމްބާއީގައި ޕްރިޔަންކާ ކުރިން ދިރިއުޅުނު ގެއަށް ބަދަލުވެފަ އެވެ.
މީގެ ދެތިން މަސްކުރިން އިންޑިއާގެ ނޫސްތަކުން ރިޕޯޓުކުރި ގޮތުގައި ޖެކްލިން ކުއްޔަށް ހިފާފައި ވަނީ މުމްބާއީގެ ޖޫހޫގައި ހުންނަ ޕްރިޔަންކާގެ އެޕާޓްމެންޓް ކަމަށްވާ ކަރްމަޔޮގް ސީއެޗްއެސް އެވެ.
ހަބަރުތައް ބުނާގޮތުން އޭނާ ކުއްޔަށް ނެގީ ކަރްމަޔޯގްގެ ހަތަރު ވަނަ ފަންގިފިލާއާއި ފަސް ވަނަ ފަންގިފިލާ އެވެ.
ޖެކްލިންއަށް މި އެޕާޓްމެންޓް ދޫކޮށްފައިވަނީ ތިން އަހަރު ދުވަހުގެ މުއްދަތަކަށް، ކޮންމެ މަހަކު 6.78 ލައްކަ ރުޕީސް އަށެވެ.
ޖެކްލިންގެ ކުރިއަށް ހުރި ބައެއް ފިލްމްތަކަށް ބަލާއިރު މިހާރު އޭނާދަނީ ރަންވީރް ސިންގް އާއި ޕޫޖާ ހެޖް އާއި އެކު "ސާކަސް" އަށް ޝޫޓް ކުރަމުންނެވެ. ރޯހިތް ޝެޓީ ޑައިރެކްޓް ކުރާ މި ފިލްމުގައި ޖޯނީ ލީވާގެ އިތުރުން ވަރުން ޝަރްމާ ވެސް ފެނިގެންދާނެ އެވެ.
"ކެޔެވުން ފެށުމުގެ ކުރިން ސްކޫލުތަކަށް ފޮތްތައް ފޮނުވާ ނިމޭނެ"
ވޮލީ ކޯޗަކު ކުޅުންތެރިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަނީ
ސިއްހީ ހާލަތެއްގެ ސަބަބުން ނާސާގެ ސައިންސްވެރިންތަކެއް ގެންނަނީ!
