ރަސްމީ ދަތުރުފުޅެއްގައި ފޮރިން މިނިސްޓަރު މޫސާ ޒަމީރު ގަތަރަށް ވަޑައިގަންނަވައިފި އެވެ.

ފޮރިން މިނިސްޓްރީން ބުނީ އިއްޔެއިން ފެށިގެން މިމަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.

މިދަތުރުފުޅުގައި ގަތަރުގެ ބޮޑުވަޒީރުގެ މަގާމާއި ހާރިޖީ ވަޒީރުގެ ވަޒީރުގެ މަގާމު ވެސް ފުރުއްވަމުން ގެންދަވާ ޝައިހް މުހައްމަދު ބިން އަބްދުއްރަހްމާން ބިން ޖާސިމް އަލްތާނީއާ އެކު މަތީ ފަންތީގެ މަޝްވަރާތަކެއް ކުރިއަށް ގެންދަވާނެ ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުނެ އެވެ.

ރާއްޖެ އިން ގަތަރާ އެކު ސިޔާސީ ގުޅުން ގާއިމުކުރިތާ މި އަހަރު 40 އަހަރު ފުރޭނެ އެވެ.

މިނިސްޓަރު ޒަމީރުގެ އަރިހުގައި ރާއްޖެއިން ޗައިނާއަށް ކަނޑައަޅުއްވާފައިވާ ސަފީރު އަދި ކުރީގެ ގަވަރުނަރު ފަޒީލް ނަޖީބާއި، ސެކްރެޓަރީ، ބައިލެޓަރަލް ޑރ. ހާލާ ހަމީދާއި ފޮރިން މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރު ލަމްހާ ސަލީމް ވެސް ގަތަރަށް ފުރާވަޑައިގެންނެވި އެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ދިވެހިރާއްޖެއިން ގަތަރާ އެކު ގާއިމުކޮށްފައި އޮތް ސިޔާސީ ގުޅުން ޖޫން 5، 2017 ގައި ކަނޑާލި އެވެ. އެކަމަކު ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ޖެނުއަރީ 5، 2021 ގައި ވަނީ އަލުން އެ ގުޅުން އިއާދަ ކޮށްފަ އެވެ.