މޫސުމީ ބަދަލުތަކުގެ ސަބަބުން އެވޮކާޑޯ ހެއްދޭ މިންވަރު ދަށްވާން ފަށައިފި އެވެ.

ފައިބާ އަދި ފެޓް ގިނަ މި ސުޕާފުޑްއަކީ ހައްދާ ގަހަކީ ވަރަށް ގިނަ ދުވަހުން ހެދޭ އަދި ވަރަށް ގިނަ ފެން ބޭނުންވާ ގަހެވެ.

އެވޮކާޑޯ ގިނައިން ހައްދާ ގައުމުތަކުގެ ތެރޭގައި ބުރުންޑީ, ޗިލީ, ސްޕެއިން, ޕެރޫ, ސައުތް އެފްރިކާ އަދި މެކްސިކޯ ހިމެނެ އެވެ. އެވޮކާޑޯ ހައްދާ ދަނޑުވެރިން ވަނީ މި މަސައްކަތަށް އެ ފަރާތްތަކަށް އިތުރު އެއްބާރުލުން ދިނުމަށް ގޮވާލާފަ އެވެ.

ބުރުނޑީގެ ދަނޑުވެރިއެއް ބުނެފައިވާ ގޮތުގައި ހޫނު ގަދަވުން, ގިނައިން ވާރޭ ވެހުން އަދި ގިރުން ފަދަ މޫސުމީ ބަދަލުތަކުގެ ސަބަބުން އެވޮކާޑޯ ހެއްދުމަށް ވަނީ ދަތިވާން ފަށައިފަ އެވެ.

ދަނޑުވެރިން ބުނާ ގޮތުގައި ހޫނު ގަދަވުމަކީ އެވޮކާޑޯ ހެއްދުމަށް އޮތް އެންމެ ބޮޑު ހުރަހެވެ. އެންމެ އެވޮކާޑޯއަކަށް ގާތްގަނޑަކަށް 320 ލީޓަރު ފެން ބޭނުންވެ އެވެ.

ދުނިޔޭގެއި އެންމެ ގިނަ އެވޮކާޑޯ އުފައްދާ މެކްސިކޯއިން 2050 ވަނަ އަހަރަށް ދާއިރު އެވޮކާޑޯ އުފެއްދޭ މިންވަރު 31 ޕަސެންޓް މަދުވާނެކަމަށް ލަފާކުރެވެ އެވެ.