ޝިއުފާ އަލީ ( ޝިއު) އަކީ އިންސްޓަގްރާމް އަދި ރާއްޖޭގެ ޓިކްޓޮކަށް އާ މޫނެއް ނޫނެވެ. އުމުރުން 24 އަހަރުގެ މޮޑެލް، ޝިއު ގިނަ ބައެއްގެ ލޮލުގައި އަޅައިގަތީ އިންސްޓްގްރާމް ފޮޓޯތަކުންނާއި ހާއްސަކޮށް އޭނާގެ ޓިކްޓޮކްތަކުގެ ސްޓައިލުންނެވެ.

1. މޮޑެލް ކުރަން އަބަދުވެސް ބޭނުންވިތަ؟

ޖަވާބު: ކުރީގަ އެއްވެސް ވަރަކަށް ނުވިސްނަން މޮޑެލް ކުރާކަށް. އިޓް ވޯސް ނެވާ އިން މައި ޕްލޭން. އެކަމަކު މިހާރު އިންޓްރެސްޓް ހުރޭ.

2. އަދިވެސް ތީ ކެބިން ކްރޫއެއްތަ؟

ޖަވާބު: މިހާރު ކެބިން ކްރޫ އެއް ނޫން. އިޓް ވޯސް އަ ހިއުޖް ޕާޓް އޮފް މައި ލައިފް. އަބަދުވެސް އުފާކުރާނަން އެކަމާ. އެއީ އަބަދުވެސް ދެކެމުން އައި ހުވަފެނެއް.

https://www.tiktok.com/@shiuuuuu1/video/7364411408081014034

3. ނަދާ ސެލޫންއާ އެއްކޮށް ކޮލާބް ކޮށްފައި ހުންނަތަން ވަރަށް ގިނައިން ފެނޭ. މި ކޮލާބޮރޭޝަން އާ ދޭތެރޭ ބުނެލަން އޮތީ ކީކޭ؟

ޖަވާބު: ނަދާ ސެލޫން އެއީ ހަމަ ބެސްޓް އިން މޯލްޑިވްސް. ވަރަށް އުފާވޭ އޭގައި ބައިވެރިވެވުނީމަ. ކުރިއަށް އޮތް ތާނުގައި ވެސް އުންމީދަކީ އިތުރަށް ނަދާ ސެލޫން އާ އެކީ ވޯކް ކުރުން އަދި ކްރިއޭޓިވިޓީ އިތުރުކުރުން.

4. ޓްރެވަލް ކުރި ތަންތަނުގެ ތެރެއިން އެންމެ މެމޮރަބަލް ތަނަކީ ކޮބާ؟

ޖަވާބު: އެންމެ މެމޮރަބަލް ތަނަކީ ޔޫކޭ.

5. މޭކަޕް ޓްރާސިޝަން ވީޑިއޯ ހަދަން ދަސްކުރީ ކިހިނެތް؟

ޖަވާބު: ވަރަށް ގިނައިން ޓިކްޓޮކްގަ ވަގުތު ހޭދަ ކުރެވޭ. އެހެން ކޮންޓެންޓް ކްރިއޭޓާސްއިން އިންސްޕިރޭޝަން ނަގަނީ. ދެން ދަސްކުރަނީ އަމިއްލައަށް ޕްރެކްޓިސް ކޮށްގެން.

https://www.tiktok.com/@shiuuuuu1/video/7331823786645294354

6. މޮޑެލިންގެ ދާއިރާއިން ޝިއު ރީޗް ކުރަން ބޭނުންވާ ކަންކަން ކަމަކީ ކޮބާ؟

ޖަވާބު: މޮޑެލިންއަކީ އަސްލު ހުސް ވަގުތުގައި ކުރާ ކަމެކޭ ބުނެވިދާނެ. އަދިވެސް ބޭނުން އެކި އެކި މޮޑެލިންގް ޕްރޮޖެކްޓްސްގައި ވޯކް ކުރަން. ބޭނުންވަނީ ހަމަ އަދިވެސް އިންޕްރޫވްކުރަން އަދި ލާން މޯ.

7. ކޮން ފޮޓޯ ޝޫޓެއް ޝިއުގެ އެންމެ ފޭވަރިޓްއަކީ؟

ޖަވާބު: އެންމެ ފޭވަރިޓް ފޮޓޯ ޝޫޓަކީ ފަމުށު ބުޓިކް އާއެކީ ނެގި ފޮޓޯ ޝޫޓު. އެންޖެލް ޝުޖާއު އާ އެކީ ކުރި މަސައްކަތެއް އެއީ. އެއީ ވަރަށް ޓެލެންޓެޑް މީހެއް.

8. ޑްރީމް ޓްރެވަލް ޑެސްޓިނޭޝަން އަކީ ކޮބާ؟

ޖަވާބު: އަބަދުވެސް ގްރީސް އަށް ވަރަށް ދާހިތްވޭ.

ޝިއުފާ އަލީ ( ޝިއު)

9. އެންމެ ބޮޑު ސަޕޯޓާއަކީ ކާކު؟

ޖަވާބު: އާއިލާ. މަންމައާއި ބައްޕަ އަދި ދައްތަ. ދެން ބޯއިފްރެންޑް އަދި އޭނަގެ އާއިލާ ވެސް. މައި ކްލޯޒެސްޓް ފްރެންޑްސް ވެސް. އެންމެން ވެސް ވަރަށް ސަޕޯޓިވް. އެ އެންމެނަށް ވެސް ޝުކުރު އަދާކުރަން.

10. ޓްރެވަލްކުރަން ޝިއު އެންމެ ރިކޮމެންޑް ކުރާ ގައުމަކީ ކޮން ގައުމެއް؟

ޖަވާބު: އެންމެ ފޭވަރިޓް ކަންޓްރީ އަކީ ހަމަ ތައިލެންޑް. ވަރަށް ލައިވްލީ ތަނެއް އެއީ އަދި އެފޯޑަބަލް.