ސްޓާ ޕްލަސް އިން ދައްކާ ސިލްސިލާ "ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ" ގައި ނައިރާގެ ރޯލް ކުޅެގެން މަގުބޫލުކަން ހޯދި ބަތަލާ ޝިވާންގީ ޖޯޝީ އާއި ޓީވީ އެކްޓަރު ކުޝަލް ޓަންޑަންގެ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ވާހަކަ ސޯޝަލް މީޑިއާގައި ދެކެވޭތާ ގިނަ ދުވަސްތަކެއް ވަނީ ވެފަ އެވެ.

މިކަމާ ބެހޭ ގޮތުން ރަސްމީކޮށް އެ ދެ ތަރިން ވާހަކަ ދައްކާފައެއް ނުވެ އެވެ،

އެހެންނަމަވެސް މިމަހުގެ 18 ވަނަ ދުވަހު ކުޝާލް އޭނާގެ އިންސްޓަގްރާމްގައި ޝިވާންގީއަށް ހާއްސަކޮށް ޕޯސްޓެއް ވަނީ ކޮށްފަ އެވެ. އެއީ ޝިވާންގީގެ އުފަންދުވަހާ ގުޅިގެން ކޮށްފައިވާ ޕޯސްޓެކެވެ.

އެޕޯސްޓްގައި ކުޝަލް ބުނެފައިވަނީ އޭނާގެ ހަޔާތުގައި ޝިވާންގީ ހުރުމުން އެކަމަށް ޝުކުރުވެރިވާ ކަމަށެވެ. އަދި އެކީގައި އިތުރު އެތައް އުފަންދުވަސްތަކަކާއި ރީތި ހަނދާންތަކެއް ހިއްސާ ކުރެވިގެންދާނެ ކަމަށްވެސް ކުޝަލް ވަނީ ބުނެފަ އެވެ.

https://www.instagram.com/p/C7GUhhTo4-P/?utm_source=ig_embed&ig_rid=a7f14d2b-34c1-4b3c-b27b-616f0a460f9f

މިޕޯސްޓާއެކު ކުޝަލް އާއި ޝިވާންގީ ރައްޓެހިވެގެން އުޅޭކަން ކަށަވަރުކޮށްދޭ ކަމަށް ގިނަ ބަޔަކު ބުނެ އެވެ.

ރިޕޯޓުގައިވާ ގޮތުން އެދެމީހުންގެ ގުޅުން ބަދަހިވީ ޖުލައި 2023 އިން ފެބްރުއަރީ 2024 އަށް ގެނެސްދިން ޑްރާމާގައި މަސައްކަތް ކުރަމުން ދަނިކޮށެވެ.

ކުޝަލް އާއި ޝިވާންގީ ރައްޓެހިވެގެން އުޅޭ ވާހަކަ ދެކެވޭއިރު އެމީހުން އެންގޭޖުވި ކަމަށް ބުނެ މީޑިއާގައި ދެކެވުނު ވާހަކަތައް އެމީހުން ވަނީ ދޮގުކޮށްފަ އެވެ.