މާލެއިން 98 ކޭސްއާ އެކު މިއަދު ޖުމްލަ 127 މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ އެވެ.

އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިއަދު އަތޮޅުތެރެއިން 10 މީހަކު ޕޮޒިޓިވް ވެފައިވާއިރު ރިސޯޓްތަކުން ޖުމްލަ 17 މީހަކު އަދި ސަފާރީތަކުން ދެ މީހަކު ޕޮޒިޓިވްވެފައިވެ އެވެ.

މިއަދުގެ 127 ކޭސްއާއެކު ރާއްޖެއިން މިހާތަނަށް ކޮވިޑް ޖެހިފައިވަނީ ޖުމްލަ 18،467 މީހުންނަށެވެ. އެކްޓިވް ކޭސްގެ އަދަދު 2،446 ގައި މިހާރު ހުރިއިރު 15،965 މީހުންވަނީ މިހާތަނަށް މިބަލިން ރަނގަޅުވެފަ އެވެ.

މިހާރު ރާއްޖޭގައި 56 އަހަރުން މަތީގެ މީހުންނަށް ވެސް ވެކްސިން ދޭން ވަނީ ފަށާފަ އެވެ.

މިއަދަކީ ހުކުރު ދުވަސް ކަމުގައި ވާތީ މިއަދު ކޮވިޑް ވެކްސިން ދީފައެއް ނުވެ އެވެ.