ބޮލީވުޑްގެ ކާމިޔާބު ބަތަލާ އައިޝްވަރިޔާ ރާއީގެ މަންމަގެ އުފަން ދުވަސް ފާހަގަ ކުރުމަށް ބޭއްވި ހަފްލާގައި އަބީޝޭކް ބަޗަން ނުފެނުމުން ސުވާލު އުފެދިއްޖެ އެވެ.
އައިޝްވާރިޔާ ރާއީ ވަނީ އޭނާގެ މަންމަ ބްރިންދާ ރާއީގެ އުފަންދުވަސް ފާހަގަ ކުރުމުގެ ގޮތުން ނަގާފައިވާ ފޮޓޯތައް ސޯޝަލް މީޑިއާގައި ހިއްސާ ކޮށްފަ އެވެ. މިފޮޓޯތަކުގައި އައިޝްވާރިޔާގެ ފިރިމީހާ އެކްޓަރު އަބީޝޭކް ބަޗަން ފެނިގެންނުދާތީ ގިނަ ބަޔަކު އަންނަނީ ސުވާލުތަކެއް އުފައްދަމުންނެވެ.
އެއީ މީގެ ކުރިން އައިޝްވާރިޔާ އާއި އަބީޝޭކް މައްސަލަ ޖެހިގެން އުޅޭ ކަމަށް މީޑީއާގައި ވަނީ ރިޕޯޓްކޮށްފަ އެވެ. އެހެން ނަމަވެސް އެމީހުން ބުނަމުން އަންނަނީ އެމީހުންގެ ދިރިއުޅުން ވަރަށް އުފާވެރި ކަމަށެވެ.
މީގެ އިތުރުން މީޑިއާގައި ރިޕޯޓްކޮށްފައިވާ ގޮތުގައި އައިޝްވާރިއާ ވަނީ އޭނާގެ މައިދައިތަ އާއި ފަހަރިންނާ ޖެހުނު މައްސަލާގައި އަބީޝޭކްމެންގެ ވެސް ދޫކޮށް ގޮސްފަ އެވެ. އަދި އައިޝްވާރިއާ މިހާރު ދިރިއުޅެމުން އަންނަނީ އޭނާގެ މަންމައާއެކު އެވެ.
ދެ މަފިރިން ދިރިއުޅޭނީ އުފަލުގައި ކަމަށް ބުނި ނަމަވެސް އެ ދެމަފިރިންގެ އުފާވެރިކަމާމެދު ސުވާލު އުފެދިގެންދާނެ އިތުރު ފުރުސަތެއް މިވަނީ ލިބިފަ އެވެ. އެއީ އައިޝްވާރިޔާގެ މަންމަ އުފަން ދުވަސް ފާހަގަ ކުރުމަށް ބޭއްވި ހަފްލާގައި އަބީޝޭކް ބައިވެރި ނުވުމެވެ. އެހެން ނަމަވެސް އެމީހުންގެ ދަރިފުޅު ވެސް ބައިވެރިވި އެވެ.
އިންސްޓަގްރާމްގައި ޝެއާ ކޮށްފައިވާ ފޮޓޯތަކުގައި އައިޝްވާރިޔާ އާއި އާރާދިޔާ، ބްރިންދާގެ އުފަންދުވަސް ފާހަގަކުރާ ތަން ފެނެ އެވެ.
އައިޝްވާރިޔާގެ ފޮޓޯތަކަށް އައިޝްވާރިޔާގެ ފޭނުން ވަނީ އަބީޝެކް ބައްޗަން ކޮބައިތޯ ސުވާލުކޮށްފަ އެވެ. އަދި މިފޮޓޯތަކުން އައިޝްވާރިޔާގެ އަތަށް ލިބިފައިވާ ގެއްލުމާ ބެހޭ ގޮތުން ވެސް ދިޔައީ ސުވާލު ކުރަމުންނެވެ.