މަޝްހޫރު ޑައިރެކްޓަރު ފާތުމަތު ނަހުލާގެ ކުރިއަށް އޮތް ފިލްމު "ސޮރީ"ގައި އޭނާގެ ހަނގު ދަރިފުޅާއި މާމަ ދަރިފުޅު ފެންނާނެ ކަމަށް ބުނެފި އެވެ.
ނަހުލާ އޭނާގެ ފޭސްބްކުގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ އޭނާ ކުރިއަށް ފިލްމުގައި އޭނާގެ ހަނގު ދަރިފުޅު ލާލި އާއި މާމަ ދަރިފުޅު އެވެލީ ފެންނާނެ ކަމަށެވެ.
މިކަން ހާމަކުރުމަށް ކުރި ޕޯސްޓްގައި ނަހުލާ ވަނީ މި ދެކުދިން ފެންނަ ވީޑިއޯއެއް ހިއްސާކޮށްފަ އެވެ. އެވީޑިއޯގައި ފެންނަނީ ހިންދީ ލަވައަކަށް ލާލީ އާއި އެވެލީ އެކްޓްކުރާ މަންޒަރެވެ.
އެވެލީ އަކީ ނަހުލާގެ ދޮށީ ދަރިފުޅު ނާޝް ސިނާންގެ ދަރިއެކެވެ. ނާޝް އަކީ ވެސް ނަހުލާގެ ފިލްމުތަކުގައި ފެނިފައިވާ ފަންނާނެކެވެ. އެގޮތުން ނާޝް ކުޅުނު ފިލްމުތަކުގެ ތެރޭގައި "ނާއުންމީދު" އަދި "ޒުލޭހާ" ހިމެނެ އެވެ.
ދެހާސް ނަވާރަ ވަނަ އަހަރު ނަހުލާ އިއުލާނު ކުރި ފިލްމު "ސޮރީ"ގެ ޝޫޓިން ފެށުމަށް ތައްޔާރުވަމުން އަންނައިރު، މިފިލްމުގައި ފެންނާނެ ތަރިންގެ ތެރޭގައި ޔޫސުފް ޝަފީއު (ޔޫއްޕެ) އާއި މަރިޔަމް އައްޒަ ހިމެނެ އެވެ.
ނަހުލާ ބުނެފައި ވަނީ "ސޮރީ" އަކީ އޭނަ ކުރިން ގެނެސްދިން ކަހަލަ އަސަރު ގަދަ ލޯބީގެ ފިލްމެއް ކަމަށެވެ.
"ކަލާޔާ ނުލާ" އާއި "ޒުލޭހާ" އަދި "ޔޫސުފު" ފަދަ މަގުބޫލު ފިލްމުތައް އުފައްދާފައިވާ ނަހުލާ އެންމެ ފަހުން ގެނެސް ދިން ފިލްމަކީ 2017 ގައި އޭނާ ޕްރޮޑިއުސްކޮށް، އައިޝަތު ރިޝްމީ ޑައިރެކްޓް ކުރި ލޯބީގެ ފިލްމު "ބޮސް" އެވެ. އެއަށްފަހު ނަހުލާ ވަނީ ލޯބީގެ ވެބް ޝޯއެއް ވެސް ތައްޔާރުކޮށްފަ އެވެ. "ހުވާ" ކިޔާ މި ޝޯ 2018 އިން 2020 އަށް ދެއްކި އެވެ.
ކްރިސްޓަލް އެންޓައިންމަންޓްގެ ނަމުގައ އަމިއްލަ ޕްރޮޑަކްޝަން ހައުސްއެއް ހިންގަމުން އަންނަ ނަހުލާގެ ޑައިރެކްޝަނަކަށް އެންމެ ފަހުން ބެލުންތެރިންނާ ހަމައަށް އައި ފިލްމަކީ އަހުމަދު ޝިނާންއާ ގުޅިގެން 2016 ގައި ގެނެސް ދިން ބިރުވެރި ފިލްމު "4426" އެވެ.
ނަހުލާ ފިލްމު ނުހަދާތީ ދެރަވެގެން ހާދަ ވަރަކަށް އެވާހަކަ ދެއްކިއްޖެއޭ. ވަރަށް އުފާވެއްޖެ އަލުން ފިލްމެއް ހަދަން އުޅޭކަން އެނގުނީމަ. އަދި އެއް ވާހަކަ. ހުވާ ސީރީޒްގެ އިތުރު ސީޒަނެއް ނޯންނާނެތަ ދެން؟
ނަހޫ ވަރެއް ހަމނެތް