މާލެއިން 103 ކޭސްއާ އެކު މިއަދު ޖުމްލަ 157 މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ އެވެ.

އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިއަދު އަތޮޅުތެރެއިން 20 މީހަކު ޕޮޒިޓިވް ވެފައިވާއިރު ރިސޯޓްތަކުން ޖުމްލަ 34 މީހަކު ޕޮޒިޓިވްވެފައިވެ އެވެ.

މިއަދުގެ 157 ކޭސްއާއެކު ރާއްޖެއިން މިހާތަނަށް ކޮވިޑް ޖެހިފައިވަނީ ޖުމްލަ 18،769 މީހުންނަށެވެ. އެކްޓިވް ކޭސްގެ އަދަދު 2،506 ގައި މިހާރު ހުރިއިރު 16،196 މީހުންވަނީ މިހާތަނަށް މިބަލިން ރަނގަޅުވެފަ އެވެ.

ދަރުމަވަންތަ ހޮސްޕިޓަލްގެ 11 ވަނަ ފަންގިފިލާގެ އައިސީޔޫގައި ތިން މީހަކަށް ފަރުވާ ދެމުންދާއިރު، އެގެތެރެއިން އެކަކު ވަނީ ވެންޓިލޭޓަރުގަ އެވެ.

މިހާތަނަށް މި ބަލީގައި 60 މީހަކު ވަނީ މަރުވަފައެވެ.