މިދިޅަ ފިތުރު އީދާ ދިމާކޮށް ސިނަމާތަކުގައި އެޅުވި އަޖޭ ދޭވްގަންގެ ފިލްމު "މައިދާން" އެމޭޒަން ޕްރައިމް ވީޑިއޯގައި ރިލީޒް ކޮށްފި އެވެ.
އިންޑިއާގެ ފުޓުބޯޅަ ކޯޗެއް ކަމަށްވާ ސައީދު އަބްދުއްރަހީމްގެ ހަޔާތުގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ މައިދާންއަށް ބޮކްސްއޮފީހުގައި މާބޮޑު ކާމިޔާބެއް ލިބިފައެއް ނުވެ އެވެ. އެހެން ނަމަވެސް އޯޓީޓީ ޕްލެޓްފޯމްއެއްގައި ފުރަތަމަ ފަހަރަށް އެ ފިލްމު ރިލީޒް ކުރެވުމާއެކު ގިނަ ބަޔަކު އެ ފިލްމު ބަލާނެ ކަމަށް ބެލެވެ އެވެ.
ފިލްމަކީ ފްލޮޕް ފިލްމެއްގެ ގޮތުގައި ބެލެވުނު ނަމަވެސް އެ ފިލްމުގައި އަޖޭ ދައްކުވައިދިން އެކްޓިންއަށް ގިނަ ބައެއްގެ ތައުރީފު ލިބިގެންދިޔަ އެވެ.
ބޮކްސް އޮފީހުގައި ފެއިލް ވެފައިވާ "މައިދާން" ފަދަ އެތައް ފިލްމެއް އޯޓީޓީ ޕްލެޓްފޯމްތަކުގައި މީގެ ކުރިންވެސް ބޮޑު ކާމިޔާބީތައް ހޯދާފައިވެ އެވެ.
ދަރިން ފޫހި ވުމަކީ މައްސަލައެއް ނޫން، ހައްލަން ފޯނު ނުދޭތި!
އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބު ނަޝީދު ކާމިޔާބު ކުރައްވައިފި
36 އަހަރުގައި ޓޭލާ ސޯންގްރައިޓާސް ހޯލް އޮފް ފޭމްއަށް!