މާލެ ކައިރީގައި އޮންނަ ކ. ކަނޑުއޮތްގިރި ފެސިލިޓީ ހުޅުމާލެ އަށް ބަދަލު ކުރުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ މަޝްވަރާ ކުރަމުން އަންނަ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް އިއްޔެ ވިދާޅުވެއްޖެ އެވެ.

ބޮޑު ކަންނެލީގެ މަސްވެރިކަން ކުރާ މަސްވެރިންތަކެއް އިއްޔެ ރަސްމީ ފާލަން ކައިރީގައި ކުރި މުޒާހަރާގެ ތެރޭގައި ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ ކޮނޑުއޮތްގިރި އޮތީ ކަންނެލި ކިރުމާއި ކަންނެލި ބޭލޭ ހާލަތުގައި ނޫން ކަމަށެވެ.

އެހެންވެ، އެ އޮޕަރޭޝަން ހުޅުމާލެއަށް ބަދަލު ކުރަން އެ ތަނުން ބިމެއް ހޯދަން މަސައްކަތް ކުރާ ކަމަށް ޝިޔާމް ވިދާޅުވި އެވެ.

"އަޅުގަނޑުމެން މި ދަނީ އެޗްޑީސީއާ މުއާމަލާތް ކުރަމުން ކަނޑުއޮތްގިރި ސުވޮޕް ކުރެވޭތޯ. ކަންޑުއޮތްގިރި އާ ހުޅުމާލެއިން ބިމަކާ،" ޝިޔާމް ވިދާޅުވި އެވެ.

ކަނޑުއޮތްގިރިއަކީ މިފްކޯ އިން ބާޒާރަށް ނެރޭ އުފެއްދުންތައް ތައްޔާރު ކުރުމަށް ބޭނުން ކުރާ ރަށެކެވެ. އެ ރަށުގައި މަސް ފެސިލިިޓީއެއް ގާއިމުކޮށްފައިވީ ނަމަވެސް ބަނދަރު ވަނީ ވަރަށް ބޮޑަށް ހަލާކުވެފަ އެވެ.