އިނގިރޭސިވިލާތުގެ ދަނޑުވެރިއެއްގެ ރޮލެކްސް އަތުރުކުރި ގަޑި، އޭނާ ގެންގުޅުނު ގެރިއެއް ކާލިތާ 50 އަހަރަށް ފަހުން ފެނިއްޖެ އެވެ.

މިހާރު 95 އަހަރުވެފައިވާ ޖޭމްސް ސްޓީލް އެގަޑި ގަތީ 1950 ގައި، 21 ވަނަ އުފަން ދުވަހަށް ފަހު ކަމަށް އޭނާ ބުނެ އެވެ. އެގަޑި ގެއްލިފައި ވަނީ އެދުވަސްވަރު އޭނާގެ ދަނޑުގައި މަސައްކަތް ކުރަން އުޅުމުގެ ތެރޭގަ އެވެ.

އެ ދުވަހު ގަޑި ގެއްލުމަށް ފަހު، އެއްވެސް ތަނަކުން އެ ގަޑި ނުފެނުމުން، އޭނާއަށް ބޮޑަށް ޔަގީން ކުރެވުނީ ވިނަތަކުގެ ތެރޭގައި އެގަޑި ބޭއްވިފައި އޮއްވައި، ބަނޑުހައި ވެފައިވާ ގެރިތަކުގެ ތެރެއިން ގެރިއެއް، ވިނަ ކެއުމުގެ ތެރޭގައި ވިނައާއެކު އޭނާގެ ގަޑި ވެސް ކާލީ ކަމަށެވެ.

ގެއްލުނުތާ 50 އަހަރު ފަހުން އެގަޑި ފެނުނީ، ޖޭމްސްގެ ދަނޑަށް ވެއްޓިފައި ހުންނަ ދަގަނޑު ލާރި ހޯދުމުގެ މަސައްކަތް ކުރާ މީހަކަށެވެ. އެގަޑި ފެނުނުއިރު، އޭގެ މޫނުމަތީގައި ވަނީ ފެހި ޖަހައިފަ އެވެ. އަދި ކަމަރުގެ އެއްބައި ވަނީ ވަރަށް ބޮޑަށް ހަލާކު ވެސް ވެފަ އެވެ. ގެރިއެއްގެ ބަނޑުތެރެއިން ދަތުރުކޮށް ބޭރުވެފައިވާ އެއްޗެއް ކަމަށް ބުނަން ނޭނގުނު ނަމަވެސް، ޖޭމްސް ވަނީ އެހާ ގިނަ އަހަރުތަކަކަށް ފަހު އެގަޑި ފެނުމުން ވަރަށް އުފާވެފަ އެވެ. އަދި އެގަޑި މަރާމާތު ކުރުމުގެ ވިސްނުމެއް ނެތް ކަމަށް އޭނާ ބުނެ އެވެ.