އިންސާނާގެ ހަށިގަނޑުގެ ހަރަކާތްތެރިކަމަށް ހުރަސްއަޅާ އޮޓޯ އިމިއުން ބައްޔެއް ކަމަށްވާ "ސްޓިފް ޕާސަންސް ސިންޑްރޯމް" ތަހައްމަލު ކުރަމުން އަންނަ މަޝްހޫރު ލަވަކިޔުންތެރިޔާ ސެލީން ޑިއޯންގެ އެންމެ ފަހުގެ ފެނިލުމަށް ގިނަ ބައެއްގެ ސަމާލުކަން ލިބިއްޖެ އެވެ.
މިފަހުން ބޭއްވި ނެޝަނަލް ހޮކީ ލީގުގެ އިވެންޓެއްގައި އޭނާ ފެނުނުއިރު އޭނާގެ މޫނުމަތިން ބަލީގެ ވަރަށް ބޮޑު ކުރިއެރުމެއް ފާހަގަވެގެންދިޔަ އެވެ. އެގޮތުން އޭނާގެ މޫނުމަތިންނާއި ހަށިގަނޑުން ކޮންމެ ވެސް ވަރަކަށް ވާންކަން ދޫވެ ރީތިވެފައިވާ ކަމަށް މީޑިއާ އާއި އާއްމުން ވެސް އަންނަނީ ފާހަގަ ކުރަމުންނެވެ.
ސެލީން ފެނިގެންދިޔައީ ނެޝަނަލް ހޮކީ ލީގުގެ އަހަރީ ބިޑިންގް ހަފްލާގައި އެ ލީގުގެ ޓީމެއްގެ ފަރާތުން ކުޅުންތެރިޔަކަށް ބިޑް ކުރަން ސްޓޭޖް މަތިންނެވެ.
ސެލީން ސްޓޭޖަށް އެރުމާއެކު އެއްވެ ތިބި އެންމެން ވަނީ އޭނާއަށް ބާރު އަޑުން ހިތްވަރުދީ ތަރުހީބު ދީފަ އެވެ. ސެލީން އެ ތަރުހީބަށް ޝުކުރު އަދާކުރި އެވެ.
ސެލީންގެ މި ފެނިލުން ފެނިފައި މިވަނީ އޭނާގެ އޮޓޯބައޮގްރަފީ "އައި އޭމް ސެލީން ޑިއޯން" މެދުވެރިކޮށް އޭނާގެ ބަލީގެ ތަޖުރިބާ އާއްމުންނަށް ފެނިފައިވަނިކޮށެވެ.
ރައީސްގެ ތައުޒިޔާ ލަންކާއަށް، 'ދިވެހިން މިތިބީ ލަންކާއާއެކު'
"ރަޝް އަވާ 4"ގެ މަސައްކަތް ފަށަނީ!
ނުހައްގުން ދިން ބިންތަކުގެ އެއްބަސްވުން އުވާލަން އެދެފި